ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 15 ވަނަ އާންމު ބައްދަލުވުން
އިވެންޓް
ނަންބަރު
(PP)228-AD/228/2022/23
ޝާއިރުކުރީ
28 މާޗް 2022
بسم الله الرحمن الرحيم
الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه
ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 15 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ
- އެޖެންޑާ ނަންބަރ : 04/2022/4ދ- އޖ
- ތާރީހާ ގަޑި: 28މާރޗް 2022 ހޯމަ ދުވަހުގެ ރޭ 9:00
- ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް، އޮންލައިން
- ބައްދަލުވުމުގެ ޙާޟިރީ. (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
- އެޖެންޑާ ފާސްކުރުން. (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)
1. ކައުންސިލަށް ހުށަހަޅާ ކަންތައް.
- 1.1 އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ އެކްޝަން ޕްލޭނާ އަދި ބަޖެޓް ފާސްކުރުން.
- ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
- ނިންމުން: ވޯޓަށް އެހުމާއި ފާސްކުރުން:
- ބައްދަލުވުން ނިންމުން.
މި ސަފްހާގައިވާ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތައް މި ސަފްހާގައި ތިރީގައި އެވަނީއެވެ.
-------------------------------------------------
ނިންމުންތައް:
1.1 އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ އަތޮޅު އެކްޝަން ޕްލޭނާ އަދި ބަޖެޓް ފާސްކުރުމަށް ހުށަހެޅުނެވެ.
ނޫނު އަތޮޅު މީހުން ދިރިއުޅޭ ރަށްރަށާ، ރިސޯޓް ފަހަރުގައި އިސްރާފުވެ ބާކީވެ އުކާލާ ތަކެއްޗާ ސާމާނު މަދުކޮށް އެ ތަކެއްޗާ ސާމާނު އެހެން މައުދަނެއް ނުވަތަ މުދަލަކަށް ބަދަލުކޮށްގެން ނުވަތަ އިއާދަކޮށް އަތޮޅު އިގްތިސާދުގައި ހިފެހެއްޓުމަށް ކުރަންޖެހޭ ހަރަކާތްތަކައި، ގާއިމްކުރަންޖެހޭ ވިޔަފާރިތަކަކާއި، މީހުން ތަމްރީނުކުރުމާއި ގަވާއިދުތަކެއް އެކުލަވާލުން ހިމެނޭގޮތުން އެކުލަވާލާފައިވާ އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ އެކްޝަން ޕްލޭން ފާސްކުރެވުނެވެ. މި ހަރަކާތްތަކަކީ 1 ސެޕްޓެމްބަރ 2021 އިންސުރެ ފެށިގެން ބައެއް މަސައްކަތްތައް ކުރެވުމުންއަންނަ އަދި 6 ސެޕްޓެމްބަރ 2025 ގައި މުޅި ނިޒާމް ވަށާޖައްސާ ހިނގަހިނގާ ހުންނާނެ އިންތިޒާމެއްގެ ތެރެއިން އިސްރާފުވާ ތަކެތީގެ މައްސަލަ ފައިދާކުރާނެ ވިޔަފާރިތަކަކަށް ބަދަލުވެގެންދާގޮތަށް އެކުލަވާފާފައިވާ ހަރަކާތްތަކެކެވެ.
ހަމަ މިއާއެކު ފާސްކުރެވިގެން ދިޔައީ މިހަރަކާތްތައް ހިންގުމަށާ، ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް ބޭނުންވާނެ ފައިސާ އެކުލެވިފައިވާ ހަތަރު އަހަރު ދުވަހުގެ ބަޖެޓެވެ. ޖުމްލަ 21.8 މިލިއަން ރުފިޔާގެ މައްޗަށް އެކުލެވޭ މިބަޖެޓްގެ ބޮޑު އިންސައްތައަކީ އަތޮޅު ކައުންސިލުން ހިލޭ އެހީގެ ގޮތުގައި ހޯދުމަށް ކަނޑައަޅާ އެކުލަވާލާފައިވާ ބަޖެޓެކެވެ. ބަޖެޓްގައި އެކި މުއްދަތުތަކާ އެކި އަހަރުތަކާ، އެކި ހަރަކާތްތަކަށް ވަކިވަކިން ބަޖެޓްކުރެވިފައިވާއިރު، އެ ހަރަދުތައް ކުރެވިގެންދާނީ ކިހިނެތް ހޯދާ ފައިސާއަކުން ކަންވެސް ކަނޑަޅާފާސްކޮށްފައިވެއެވެ.
އިސްރާފު މަދުކުރުމުގެ މަސައްކަތުގައި އެރަށެއް އެވަގުތުގަ އޮންނަ ދަރަޖަ ކަނޑައަޅާދޭ ކަރުދާހެއް މިބައްދަލުވުމުގައި ކައުންސިލުން ފާސްކޮށްފައިވެއެވެ. އަދި އެއް ދަރަޖައިން އަނެއް ދަރަޖައަށް ދިއުމަށް އެރަށެއްގައި ދެންކުރަންޖެހެނީ ކޮންކަންތައްތަކެއްކަން ވެސް ވަނީ އޭގައި ބަޔާންކޮށްފައެވެ. އެހެންކަމުން މިފްރޮގްރާމްގެ ތެރެއިން އިސްރާފު މެނޭޖްކުރުމުގެ މައްސަލައަށް ދެމެހެއްޓޭ ހައްލެ ހޯދުމަށްޓަކާ ރަށު ފެންވަރުގައި މަސައްކަތްކުރާނެ ތަރުތީބެއް ކަނޑައަޅާފައިވާއިރު އެތަރުތީބުން ގެންދިއުމަށް އަތޮޅު ޕްލޭނުން ލިބިދޭނެ އެހީތެރިކަން ދެނެގަނެވެއެވެ.
މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.
ބައްދަލުވުމުގެ ރެކޯޑިންގ