ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 16 ވަނަ އާންމު ބައްދަލުވުން
އިވެންޓް
ނަންބަރު
4/2022/05
ޝާއިރުކުރީ
24 އޭޕްރިލް 2022
بسم الله الرحمن الرحيم
الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه
ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 16 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ
- އެޖެންޑާ ނަންބަރ : 05/2022/16ދ- އޖ
- ތާރީހާ ގަޑި: 26 އޭޕްރީލް 2022 އަންގާރަ ދުވަހުގެ ރޭ 10:00
- ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
- ބައްދަލުވުމުގެ ޙާޟިރީ: (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
- އެޖެންޑާ ފާސްކުރުން: (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)
- ކައުންސިލަށް ހުށަހަޅާ ކަންތައް.
- 1.1 ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ އެކްޝަން ޕްލޭނާ ބަޖެޓް ހުށަހެޅުން.
- 1.2 ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވާފައިވާތީ، ވަގުތީ ސެކްރެޓަރީ ޖެނެރަލް އެއް ހަމަޖެއްސުން
- 1.3 އަތޮޅު ކޮމްޕޯސްޓް ޕްލާންޓް ގާއިމްކުރާނެ ރަށެއް ކަނޑައެޅުން
- 1.4 ގުދުރަތީ ވަސީލަތްތަކާއި ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭނު ތަންފީޒުކުރުމަށާއި ކޮންސަލްޓަންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދަން ނިންމަން ހުށަހެޅުން
- ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
- ބައްދަލުވުން ނިންމުން.
މި ސަފްހާގައިވާ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތަކާ ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.
-------------------------------------------------
ނިންމުންތައް:
1.1 ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ އެކްޝަން ޕްލޭނާ ބަޖެޓް ހުށަހެޅުނެވެ. ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ އެކްޝަން ޕްލޭނާ ބަޖެޓް ކުޑަފަރީ ކައުންސިލްގެ ރައީސް ހުށަހެޅުއްވި މަޤުޞަދު ތަކުގެ އިސްލާހެއްގޮތުގައި ފެހިކަން ހިފަހައްޓަން އެންމެ މަދުވެގެން ރަށުގެ ގްރީން އޭރިއާ 20 އިންސައްތައިގަ ބާއްވަން ޖެހޭނެކަމަށް ހުށަހެޅި ހުށަހެޅުމާ އެއްކޮން އެ ހިމެނޭގޮތަށް މިހާރު ނޫނު އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ޕްލޭން އަދި އެކްޝަން ޕްލޭން، ބަޖެޓް ފާސްކުރުމަށް ނިންމުނެވެ.
1.2 ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދެއްވާފައިވާތީ، ވަގުތީ ސެކްރެޓަރީ ޖެނެރަލްއެއް ހަމަޖެއްސުމަށް ހުށަހެޅުނެވެ. ނޫނު އަތޮޅު ކައުންސިލްގެ ވަގުތީ ސެކްރެޓަރީ ޖެނެރަލް އަކަށް އަޙުމަދު ޝުޖާޢު ހަމަޖެއްސުމަށް ނިންމުނެވެ.
1.3 ނޫނު އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ އިސްރާފު ކުޑަކޮށް އިޤްތިޞާދުގައި ހިފެހެއްޓުމުގެ ޕްލޭންގެ ހަރަކާތެއްކަމުގައިވާ ކުނިވެ ފަނާވެދާ ނުވަތަ ބަދިގެ ބާކީ ކޮމްޕޯސްޓަށް ނުވަތަ ކާދަ އިއާދަކޮށްދޭ ޕްލާންޓު ޤާއިމުކުރާނެ މީހުން ދިރިއުޅޭ ރަށެއް ކަނޑައެޅުމަށް ހުށަހަޅާ ކުނިވެ ފަނާވެދާ ނުވަތަ ބަދިގެ ބާކީ ކޮމްޕޯސްޓަށް ނުވަތަ ކާދަ އިއާދަކޮށްދޭ ޕްލާންޓު ނޫނު މަގޫދޫގައި ޤާއިމް ކުރުމަށް ނިންމުނެވެ.
1.4 ޤުދުރަތީ ވަޞީލަތްތަކާއި ބިން ދަމަހައްޓާ ބޭނުންކުރުމަށް ފާސްކުރެވުނު ޕްލޭނު ތަންފީޒުކުރުމަށާއި ކޮންސަލްޓަންސީ ހިދުމަތް ބޭނުންވާތީއާއި ނޫނު އަތޮޅު މީހުން ދިރިއުޅޭ ރަށްރަށުގެ އިޙްތިސާސްގައި ހިމެނޭ ސަރަހައްދުގެ ލޭންޑްޔޫސް ޕްލޭން ހެދުމުގެ މަސައްކަތް އަވަސްކުރުމަށް އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާ އިރުޝާދު އިތުރުކޮށް އަވަސްކުރުމަށާ، ހަރުދަނާކުރުމަށް މި މަސައްކަތް ކޮށްދޭނެ ފަންނީ ފަރާތެއް ހޯދުމަށް ހުށަހަޅާ މި މަސައްކަތް ކޮށްދޭނެ ފަންނީ ފަރާތެއް ހޯދުމަށް ފާސްކުރެވުނެވެ.
މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.
ބައްދަލުވުމުގެ ރެކޯޑިންގ
ގުޅުންހުރި ލިންކްތައް
ބައްދަލުވުމުގެ އެޖެންޑާބައްދަލުވުމުގެ ޔައުމިއްޔާ ބައްދަލުވުމުގެ ނިންމުންތައްގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމަށް ފާސްކުރެވުނު ޕްލޭންގުޅުންހުރި ހަރަކާތްތައް
ކައުންސިލްގެ ހަރަކާތްތަކާ ރިޕޯޓް އާއްމުކޮށް މޮނިޓަރކުރަންފެށުންއިދާރާތަކާ ހިދުމަތް ޑިޖިޓަލްކޮށް ހަލުވިކުރުން