އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހެއްދުމުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލުގެނައުން
އިއުލާން
ނަންބަރު
(IUL)228-AB/228/2022/24
ޝާއިރުކުރީ
15 މެއި 2022
މި އިދާރާއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސާއި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހެއްދުމަށްއެދޭ ފޯމު ބަލައިގަތުމާއި، ޓެސްޓްގައި ބައިވެރިވުމަށް އެޕޮއިންޓްމަންޓް ހެދުމަށާއި، ޓެސްޓްދިނުމާއި އިމްތިހާނުކުރާ ގަޑިތަައް އަންނަނިވިގޮތަށް ވަނީ ބަދަލުގެނެވިފައެވެ.
- ލައިސަންސް ހެއްދުމަށް އެދި ފޯމު ބަލައިގަތުން ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހަކު 8:30 ހުން 11:00 އަށް ކުރިއަށް ދާނެއެވެ.
- ލައިސަންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އަދި ޕްރެކްޓިކަލް ޓެސްޓް ހެދުމަށް ވަޑައިގެންނެވުމުގެ ކުރިން އެޕޮއިންޓްމަންޓް ހަމަޖައްސެވުން އެދެމެވެ. އެގޮތުން ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހަކުވެސް 8:15 އިން 9:45 ދެމެދު މިއޮފީހުގެ ނަމްބަރު 6568502 ފޯނާގުޅުއްވާ އެޕޮއިންޓްމަންޓް ހެދޭނެއެވެ.
- ލައިސަންސް ނެގުމަށް ހަދަންޖެހޭ ޓެސްޓް ދިނުމާ އިމްތިހާނުކުރުންތައް އާއްމުކޮން އާދިއްތަ އަދި ހޯމަ ދުވަހު ކުރިއަށްދާނެއެވެ.
- އަދި ގްރޫޕްތަކުގެ ގޮތުގައި ވަޑައިގަންނަވަނީ ނަމަ ރަށު ކައުންސިލު މެދުވެރިކޮށް ގްރޫޕް އެޕޮއިންޓްމަންޓް ހައްދަވައިގެން ހޮނިހިރު ދުވަސް ދުވަހުވެސް ޓެސްޓްދީ އިމްތިހާނުކުރުން ކުރިއަށް ގެންގޮސްދެވޭނެއެވެ.
- ދުވަހުން ދުވަހަށް ލައިސަންސަށް އެދި ފޯމު ހުށަހަޅާ، އިމްތިހާނުހަދާ އަދި ލައިސަންސް ލިިބިދިނުމަށް އެދޭ ފަރާތްތަކަށް އަވަސް ހިދުމަތް (އެކްސްޕްރެސް، އިތުރު 500 ރުފިޔާގެ ފީއަކާއެކު) ރަސްމީ ބަންދު ދުވަސްތައް ނޫން ކޮންމެ ދުވަހަކު 8:30 އިންފެށިގެން މެންދުރު 1:30 ވަންދެން ދެވޭނެއެވެ.