އަތޮޅު ކޮމްޕޯސްޓް ޕްލާންޓް މަގޫދޫގައި ގާއިމްކޮށް ހިދުމަތްދޭން ނިންމުން

ނިންމުން

ނަންބަރު

(PP)228-AD/228/2022/24

ޝާއިރުކުރީ

26 އޭޕްރިލް 2022

ނޫނު އަތޮޅު މީހުން ދިރިއުޅޭ ރަށްރަށާ ރިސޯޓް ފަހަރުގައި އުފެދި ބާކީވާ ކުނިވާ ތަކެތި ކޮމްފޯސްޓަށް ބަދަލުކުރުމަށް ބޭނުންވާ ޕްލާންޓް (ފެކްޓަރީ) މަގޫދޫގައި ހިދުމަތް ގާއިމްކުރުމަށް ނޫނު އަތޮޅު ކައުންސިލުން ނިންމައިފީމެވެ.

މިފަދައިން ކަނޑައަޅާ ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 16 ވަނަ ބައްދަލުވުމަށް އެޖެންޑާކޮށް 1.3 ވަނަ ނުކުތާގައެވެ. ނޫނު އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމަށް ކަނޑައަޅާ ކައުންސިލްތަކުން ހިންގަންފަށާފައިވާ މަސައްކަތަށް ފަރަންސޭސި ސަރުކާރުން ދޭން ނިންމާފައިވާ އެހީއަކީ ކުނިވެ ފަނާވެދާ ޒާތުގެ ނުވަތަ ބަދިގެ ބާކީ ގަސްކާނާއަށް ނުވަތަ ކާދަށް ބަދަލުކުރެވޭ ދުވާލަކު 2 ޓަނުގެ ކެޕޭސިޓީ ޕްލާންޓެއް ގާއިމްކޮށް ހިންގަން ފެށުމަށް ދީފައިވާ އެހީއެކެވެ.

އަތޮޅު ކައުންސިލުން ޖުމްލަ ވިސްނުމެއް ގޮތުގައި މިކަން ނިންމާފައިވަނީ މީހުން ދިރިއުޅޭ ބިން އޮތް، އެހެން ގިނަ ރަށްރަށާވެސް ދަތުރުފަތުރު ވީހާވެސް ކައިރިި އަދި ރިސޯޓް ފަހަރާވެސް ކައިރި ރަށެއްގައި ފުރަތަމަ ގާއިމްކުރެވޭ ޕްލާންޓް ގާއިމްކޮށް ހިދުމަތްދޭން ފެށުމެވެ. އަދި އިތުރަށް މެމްބަރުންގެ ވިސްނުންތަކުގެ ތެރޭގައި އަންނިވި ކަންކަން ފާހަގަކުރެވެއެވެ.

  • ގަސްކާނާ އާއި ކާދުފަދަ މާއްދާއެއް ވަކި ފެންވަރެއްގައި އުފައްދާ މާރކެޓްކުރުމަށް ހުރިހާ ރަށެއްގައި އެދަރަޖައަށް މިޒާތުގެ އިސްރާފު މެނޭޖްކުރުމަށް މެޝިނަރީ ގާއިމްކޮށް މަސައްކަތް ހިންގަން އުޅުމަކީ ދެކޮޅުޖެއްސޭ ވަރަށްވުރެ ހަރަދު ބޮޑު އަދި އޭގެން އިއާދަކުރާ ޕްރޮޑަކްޓްގެ ފެންވަރާ އަދަދާ އަގު ހިފަހައްޓާ މާރކެޓްކޮށް ވިއްކުމަށް އުނދަގޫވާނެ ކަމެކެވެ.

  • ކޮންމެ ރަށެއްގައިވެސް ބަދިގެ ބާކީ ނުވަތަ ކުނިވެފަނާވެދާ ޒާތުގެ ކުނި މުގުރާ ހިމުންކޮށް އޭގެން ފެންގަނޑު ދަމައިިގަނެވޭ މިންވަރަށް ރަށު ފެންވަރުގައި މެޝިނަރީ ހޯދާ މަސަކަތް ހިންގިދާނެކަމަށާ އަދި ކޮންމެ ދުވަހަކު ފެރީއަކުން ޕްލާންޓާ ހަމައަށް އެތަކެތި ނުގެންދެވުނަސް ކުނިނުވާ ގޮތަށް އަދި އެކަމަށް ހާއްސަ ޑަސްބިންތަކެއްގައި ބަހައްޓާގެން އުފުލާހެދި ދާނެކަމަށެވެ.

ނޫނު އަތޮޅު ތަރައްގީ ޕްރޮގްރާމްގައި ވާގޮތުން އަތޮޅު ތެރޭގައި އިސްރާފުވެ ބާކީވާ ސާމާނު އަނބުރާ އިއާދަކުރުމަށް ބޭނުންވާ މެޝިނަރީއާ ޕްލާންޓްތައް އެކި ރަށުގައި ގާއިމްކޮށް، އިސްރާފުވެ ބާކީވާ ތަކެއްޗާ ސާމާނު ފެރީ ނިޒާމަކުން ޕްލާންޓް ނުވަތަ ވޯރކްޝޮޕް ގާއިމްކުރެވޭ ރަށްރަށަށް އުފުލައިގެން ޕްލާންޓް ނުވަތަ ވޯރކްޝޮޕްގައި އިއާދަކޮށްގެން މުދަލަށް ނުވަތަ ބޭނުންކުރެވޭ ގޮތަށް ނުވަތަ މަރާމާތުކޮށް ބޭނުންކުރެވޭ ދަރަޖައަށް ގެނެސް ދެކޮޅުޖެއްސޭ ވިޔަފާރިއަށް ބަދަލުކޮށްގެން އާމްދަނީ ލިބޭ ވަސީލަތަކަށް ބަދަލުކުރެވޭނެއެވެ.

ޕްރޮގްރާމް ކާމިޔާބު ކުރުމަށް އިތުރު ފަންޑު ހޯދުމަށް ވާލްޑް ބޭންކާ، ސަރުކާރުގެ ކަމާ ގުޅޭ މިނިސްޓްރީއާއި، އަދި ނޫނު އަތޮޅުގައި ހިންގާ ވެލާ ރިސޯޓްގެ މެނޭޖްމަންޓާ މަޝްވަރާތައް އަންނަނީ ކުރެވެމުންނެވެ. އަދި ސޮނެވާ ނަމޫނާގެ ފަންނީ ލަފާ އާއި އިރުޝާދާ އެހީތެރިކަން ނުހަނު ބޮޑަށް ލިބެމުންދެއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މަގޫދޫން ބިން ކަނޑައެޅުމާއި ކަމާގުޅޭ އަތޮޅު ޔުނިޓާ ކުންފުނި އުފެއްދުމާއި މުވައްޒަފުން ހޯދުމާ ތަމްރީންކުރުމުގެ މަސައްކަތް ފެށުމަށް އަތޮޅު ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.