ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 13 ވަނަ އާންމު ބައްދަލުވުން

އިވެންޓް

ނަންބަރު

(PP)228-AD/228/2022/21

ޝާއިރުކުރީ

27 ފެބްރުއަރީ 2022

بسم الله الرحمن الرحيم

الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه

ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 13 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ

  • އެޖެންޑާ ނަންބަރ : 04/2022/2ދ- އޖ
  • ތާރީހާ ގަޑި: 27 ފެބްރުއަރީ 2022 އާދީއްތަ ދުވަހުގެ 10:00
  • ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް، އޮންލައިން

  • ބައްދަލުވުމުގެ ޙާޟިރީ. (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
  • އެޖެންޑާ ފާސްކުރުން. (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)

1. ކައުންސިލަށް ހުށަހަޅާ ކަންތައް.

  • 1.1. ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭނަށް މަޝްވަރާކުރުން

  • ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
  • ނިންމުން: ވޯޓަށް އެހުމާއި ފާސްކުރުން:
  • ބައްދަލުވުން ނިންމުން.

މި ސަފްހާގައިވާ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތައް މި ސަފްހާގައި ތިރީގައި އެވަނީއެވެ.

-------------------------------------------------

ނިންމުންތައް:

1.1 އަތޮޅު ބިމާ، ފަޅުރަށްތަކާއި، ފަޅުތަކާއި، ފަރު ގިރިއާ، ތިލަތަކާ، ޑައިވިންގް ސްޕޮޓްތައް އެންމެންނަށް ދިގުޒަމާންތަކަށް ބޭނުން ހަމަހަމަގޮތެއްގައި ލިބިދޭނެ އެންމެނަށް މަންފާކުރާނެ ގޮތަކަށް ބޭނުންކުރެވޭ ނިޒާމެއް ގާއިމްކޮށް ހިންގުމަށް އަތޮޅު ކައުންސިލުން ތައްޔާރުކުރަމުންދާ ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން ތައްޔާރުކުރުމުގައާއި މިހާރުން މިހާރަށް އަންނަނިވި ހަރަކާތްތައް ހިންގަން ފެށުމަށް ނިންމުނެވެ:

އަތޮޅު ބިމާ، ފަޅުރަށްތަކާއި، ފަޅުތަކާއި، ފަރު ގިރިއާ، ތިލަތަކާ، ޑައިވިންގް ސްޕޮޓްތައް ބޭނުންކުރަމުންދާނެ ގޮތްތައް ކަނޑައެޅުމަށް ރައްޔިތުންނާއި، ރަށު ކައުންސިލްތަކުގެ ހިޔާލު ހޯދުމަށް ސާވޭއެއް ތައްޔާރުކޮށް، އެމަސައްކަތްކުރުމަށް ކަނޑައެޅުނެވެ. އަދި ޕްލޭނުގައި އަންނިވި ކަންކަން ހިމެނުނިގެންދާނެ ފަދައިން މިހާރުން މިހާރަށް މިކަންކަން ފެށުމަށްވެސް ކަނޑައެޅުނެވެ.

ޕްލޭނުގައި ކަނޑައެޅިފައިވާ ގޮތަށް ފަޅުރަށްތަކަށް ބެލެހެއްޓޭ ނިޒާމަކުން ރައްޔިތުންނަށް އަރާ ފައިބާ، ދަރު، ކާށި އަވަހަށް ހެދުމަށާއި، ރޭންޖާސް އެރަށްތަކުގައި ބައިތިއްބައިގެން ރަށްތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމަށާއި، ވަގުތީ ދަނޑުބިން ދޫކުރުމަށް ނިންމުނެވެ. އަދި އެހެންކަމުން ކަމާގުޅޭ ޕްލޭނުގައި މިހަރަކާތް ހިމެނިގެންދާނެއެވެ.

ތިމާވެށީގެ ގާނޫނުގެ ދަށުން ކުޅި، ޗަސްބިން ހުރި ރަށްރަށާ 3 ހެކްޓަރު ހަމަނުވާ ކުދި ރަށްރަށާ އެއްދުއްފަރު ފަޅުތެރޭގަ ހުރި ރަށްރަށާ، މީހުން ދިރިއުޅޭ ރަށްރަށާ ކައިރީގަ ހުރި ރަށްރަށް ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތް ކުރުމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހެޅުމަށާއި، އެތަންތަނުގެ އެންވަޔަރުމެންޓް މެނޭޖްމަންޓް ޕްލޭނެއް ހަދައިގެން ދިގުމުއްދަތަށް ރައްޔިތުންނަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ނިންމުނެވެ. އަދި އެހެންކަމުން ކަމާގުޅޭ ޕްލޭނުގައި މިހަރަކާތް ހިމެނިގެންދާނެއެވެ.

ޒަމާނުއްސުރެ ވަރުވާއަށް ދޫކޮށްފައި ހުރި ރަށްތައް، ގާނޫނުގަ ބުނާ 30 ދުވަހުގެ ނޯޓިސް މިނިސްޓްރީ އޮފް ފިޝަރީޒް އަށް ފޮނުވާ، ނޫނީ ކަމާގުޅޭ މިނިސްޓްރީ އަށް ފޮނުވާ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށަށް އެ ތަންތަންވެސް ގެނެސް ޕްލޭނުގަ ކަނޑައެޅޭ ގޮތަށް ދެމެހެއްޓޭގޮތުގައި ހަމަހަމަ ގޮތެއްގައި ބޭނުންކުރެވޭގޮތް ހެދުމަށާ ޕްލޭނުގައި ހަރަކާތް ހިމެނުމަށް ނިންމުނެވެ. އެހެންކަމުން ކަމާގުޅޭ ޕްލޭނުގައި މިހަރަކާތް ހިމެނިގެންދާނެއެވެ.

މިކައުންސިލްގެ ލަފަޔާއި މަޝްވަރާއާއި ކަނޑައެޅިގެން ދެކޮޅަށް އަދި ގާނޫނާއި ހިލާފަށް ނޫނު އަތޮޅު ތޮޅެންދޫ ބިޑްކޮށް އަމިއްލަ ފަރާތަކަށް ދިގުމުއްދަތަށް ދޫކުރުމުގެ މަސައްކަތް ކެނޑިނޭޅި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދާތީ، އެންމެފަހުން ރައީސުލްޖުމްހޫރިއްޔާ އެކު ބޭއްވުނު ބައްދަލުވުމުގައި އެމަނިކުފާނަށްވެސް މި ކަންބޮޑުވުން ވާނީ ހުށަހަޅާ، އެމަނިކުފާނުވެސް އަނެއްކާ އެކަން ބައްލަވާނަމޭ ވިދާޅުވެފައި ވަނިކޮންވެސް ކުރިއަށް ގެންދަމުންދާތީ، ގާނޫނުގެ ބޭރުން މިކަން ހިނގަމުންދާ ދިއުމަށް އިންކާރުކުރުމުގެ ގޮތުންނާއި، މިކަން ހުއްޓުވުމަށާއި، މި މައްސަލަ ބެލުމަށް ކޯޓަށް ހުށަހެޅުމަށް ގަރާރު ފާސްކުރެވުނެވެ.

މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.

ބައްދަލުވުމުގެ ރެކޯޑިންގ