ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 17 ވަނަ އާންމު ބައްދަލުވުން

އިވެންޓް

ޝާއިރުކުރީ

26 މެއި 2022

بسم الله الرحمن الرحيم

الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه

ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 17 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ

  • އެޖެންޑާ ނަންބަރ : 05/2022/06ދ- އޖ
  • ތާރީހާ ގަޑި: 31 މެއި 2022 އަންގާރަ ދުވަހުގެ 11:00 އަށް
  • ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް / އޮންލައިންކޮން

  • ބައްދަލުވުމުގެ ޙާޟިރީ: (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
  • އެޖެންޑާ ފާސްކުރުން: (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)

  1. ކައުންސިލަށް ހުށަހަޅާ ކަންތައް.
  • 1.1. ރަށު ވިޔަފާރިއާ ސަގާފަތާ ފަންނު އަގުއެރުވުން، އެކްޝަން ޕްލޭނާ ބަޖެޓް ފާސްކުރުން https://noonuatoll.gov.mv/programs/1201474012416304
  • 1.2. އިއާދަކުރެވޭ ސާފު ހަކަތައަށް ބަދަލުވުން، އެކްޝަން ޕްލޭނާ ބަޖެޓް ފާސްކުރު https://noonuatoll.gov.mv/programs/1201490819512714
  • 1.3. ދުޅަހެޔޮ ހޭލުންތެރި މުޖްތަމައަކަށް މަގުފަހިކުރުން، އެކްޝަން ޕްލޭނާ ބަޖެޓް ފާސްކުރުން https://noonuatoll.gov.mv/programs/1201481582013536
  • 1.4. ނޫނު އަތޮޅު ކައުންސިލުން ބޭނުންކުރާ އަންނަނިވި ރަސްމީ ޑޮމެއިންތަކާ ނަންތައް ފާސްކުރުން
  • 1.4.1. ކައުންސިލްގެ ރަސްމީ ވެބް ޑޮމެއިން، www.noonuatoll.gov.mv
  • 1.4.2. ނޫނު އަތޮޅު ޓޫރިޒަމް ބްރޭންޑް ނަން Naturallynoonu (www.naturallynoonu.com)
  • 1.5. އަތޮޅު ކައުންސިލްގެ ހަމަތައް ތަސަވުރު އަމާޒު ފާސްކުރުން
  • 1.6. އަތޮޅު ޓޫރިޒަމް ކޮންޓެންޓް އުފެއްދުމާ ބްރޭންޑިންގ މާރކެޓިން ގުޅިގެން ހަރާކާތްކުރުމަށް އޮރކާ މީޑިއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ފާސްކުރުން
  • 1.7. އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ ޕްލޭނު ތަންފީޒުކުރުމުގައި ގުޅިގެން ހަރަކާތްކުރުމަށް ވެލާ ރިސޯޓާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ފާސްކުރުން
  • 1.8. އަތޮޅުގައި ތިބެގެން ނެޝަނަލް ކޮމްޕިޓެންސީ ފެންވަރަށް މީހުން ތަމްރީނުކުރުމަށް ޕޮލިޓެކްނިކާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ފާސްކުރުން
  • 1.9. ކައުންސިލުގެ މަގްސަދުތަކަށް ވާގިދޭ ޖަމިއްޔާތަކަށް ކައުންސިލުން އެހީތެރިވެދޭ ގަވާއިދު ފާސްކުރުން.
  • 1.10. ކައުންސިލް ޕްލޭންތައް ހަރަކާތްކުރުމަށާ ގުޅުންހުރި ޕްރޮޖްކްޓްތަކާ ގުޅުންހުރި އިޖްތިމާއީ ޕްރޮގްރާމްތައް ޖަމިއްޔާތަކާ ސްކޫލްތަކާއެކު ހިންގުމަށް ބޭނުންވާ ދިރާސާކޮށް، ޕްރޮޕޯޒަލް ތައްޔާރުކޮށް ހިލޭ އެހީ ހޯދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ފާސްކުރުން

  • ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
  • ބައްދަލުވުން ނިންމުން.

ކައުންސިލްގެ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތަކާ ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.

ނިންމުންތައް:

  • ރަށު ވިޔަފާރިއާ ސަގާފަތާ ފަންނު އަގުއެރުވުން، އެކްޝަން ޕްލޭނާ ބަޖެޓް ފާސްކުރުމަށް ހުށަހެޅިފައިވެއެވެ. ބައްދަލުވުމުގައި މި ޕްލޭންގެ ތައާރަފެއް ހުށަހަޅައި، މި މަސައްކަތަކީ 47 ހަރަކާތެއްގެ މައްޗަށް އެކުލެވިގެންވާ މަސައްކަތެއް ކަމަށާއި މީގެ ތެރެއިން 7 ހަރަކާތެއްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެއީ ބައެއް ސާރވޭ ކުރުމާ މިކަހަލަ ކަންކަން ކަމަށާއި، ޕްރޮގްރާމް ނިންމުމަށް ގަސްދުކުރެވިފައި ވަނީ 25 އޮގަސްޓް 2025 ހާ ހިސާބުގައިކަން ފާހަގަ ކުރެއްްވިއެވެ.

  • އިއާދަކުރެވޭ ސާފު ހަކަތައަށް ބަދަލުވުން ޕްރޮގްރާމުގެ ތައާރަފެއް ދެވި، މި ޕްރޮގްރާމުގެ ބައެއް މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތްތައް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ. އަދި އާންމު އިމާރާތް ތަކާއި ސަރަހައްދުތައް 90 އިންސައްތަ އިޔާދަކުރެވޭ ސާފު ހަކަތައަށް ބަދަލުކުރުން ގްރާންޓެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. މިގޮތަށް ކަންތައް ވެއްޖެ ނަމަ ކައުންސިލްތަކުން ކަރަންޓަށް ކުރާ ހޭދަ ކުޑަވާނެކަން ފާހަގަކޮށް، އެ ހަރަކާތްތަކާއެކު މި ޕްރޮގްރާމުގެ އެކްޝަން ޕްލޭނާއި ބަޖެޓް ފާސް ކޮށްފައިވެއެެވެ.
    • ދުޅަހެޔޮ ހޭލުންތެރި މުޖުތަމައުއަކަށް މަގުފަހިކުރުމަކީ ޖުމްލަ 10 މިލިޔަން ރުފިޔާގެ ޕްލޭނެއް ކަމަށާއި، 33 ހަރަކާތެއް އެކުލެވޭ ކަމަށާއި އޭގެން 8 މަސައްކަތެއް މިހާރު ފަށައިގެން ކުރިޔަށް ދާކަމަށާއި، އެއީ އިންޓާނަލް މަސައްކަތްތައް ކަމުގައި ވިދާޅުވި. މޫދު ކުޅިވަރު މުބާރާތެއްވެސް ހިމެނިފައިވާ ކަމަށާއި ރިޔަލު ދޯނީގެ މުބާރާތުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަން ފާހަގަކުރެވުނެވެ. އަދި މި ޕްރޮގްރާމުގެ އެކްޝަން ޕްލޭނާއި ބަޖެޓް ފާސް ކޮށްފައިވެއެވެ.

    • މި ބައްދަލުވުމުގައި އެޖެންޑާ ކުރެވި މީގެ ކުރިން ބޭނުން ކުރަމުން އައި ޑޮމެއިން ބަދަލު ކުރަން ހުށަހެޅި މަޝްވަރާ ކުރެވިފައިވެއެވެ. މީގެކުރިން ބޭނުން ކުރެވެމުން ދިޔައީ noon.gov.mv ކަމަށާއި އަތޮޅު އިސްތިހާރު ކުރުމާ ބްރޭންޑް ނަމެއްގެ ގޮތުގައާއި ބައިވަރު ސަބަބުތަކަށް ޓަކައި noonuatoll.gov.mv މިގޮތަށް ބަދަލުކޮށް ޑޮމެއިން ރަޖިސްޓްރީކޮށް މިހާރު ބޭނުންކުރެވެމުން ދާތީ، އެ ނަން ފާސްކުރުމަށް ހުށަހަޅައި، ފާސްކޮށްފައިވެއެވެ. އަދި ނޫނު އަތޮޅު ޓޫރިޒަމް ބްރޭންޑް ނަންވެސް މިއީ ރަސްމީކޮށް ފާސްކޮށްގެން ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށާއި، ބްރޭންޑް ކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ކުރެވެމުންދާކަން ފާހަގަކުރެވުނެވެ. އަދި އަތޮޅު ޓޫރިޒަމް ކޮންޓެންޓް އުފެއްދުމާ ބްރޭންޑިންގ މާރކެޓިން ގުޅިގެން ހަރާކާތްކުރުމަށް އޮރކާ މީޑިއާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ނިންމުނެވެ.

      • މި ބައްދަލުވުމުގައި ކައުންސިލްގެ އަމާޒާއި، ތަސައްވުރާއި ހަމަތައް ފާސްކޮށްފައިވެއެވެ.

    • މިހާރު މަސައްކަތް ކުރެވެމުންދާ އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމުގެ ޕްލޭނު ތަންފީޒުކުރުމުގައި ގުޅިގެން ހަރަކާތްކުރުމަށް ވެލާ ރިސޯޓާއެކު އެމްއޯޔޫގައި ސޮއިކުރުމަށް ފާސްކޮށްފައިވެއެވެ. އަދި ބައްދަލުވުމުގައި އެމްއޯޔޫގެ ދަށުން ނޫނު އަތޮޅުގެ ވޭސްޓް މެނޭޖް ކުރުމަށް އަހަރަކު 3 ލައްކަ ޑޮލަރާ ގާތްކުރާވަރުގެ ޢަދަދެއް ވެލާ ރިސޯޓުގެ ސީ އެސް އާރު ގެ ތެރެއިން ހަރަދު ކުރަން ނިންމާފައިވާ ކަމަށާއި، މި ހަރަދު ކުރަން ހަމަޖެހިފައިވަނީ ޕްރޮގްރާމުގެ އެކްޝަން ޕްލޭންގައި ހިމެނޭ ކަންތައްތަކަށް ކަމަށާއި، މި އަހަރު ތެރޭގައި ވެލާއިން އެންމެ ބޮޑު ހަރަދެއް ކުރައްވާނީ ރަށްރަށަށް ބޭނުންވާ ޑަސްބިންތައް ފޯރުކޮށްދިނުމަށް ކަން ފާހަގަކުރެވުނެވެ. އަދި ޑަސްބިންތައް އުފެއްދުމުގަ އުފުލާ ގެންގުޅެވޭނެ ގޮތާއި އަޅުގަނޑުމެން ރާވާފަ އޮތްގޮތުން ދޯންޏަކަށް އަރުވާ ބޭލޭނެ ގޮތާއި ޕިކަޕަކަށް އަރުވާ ބޭލޭނެގޮތާ މި ހުރިހާކަމެއް ބަލާފަ ފަސޭހަ ގޮތަކަށް ޑިޒައިން ބަދަލުކުރަން ކުރަންޖެހޭތީ، ނޫނު އަތޮޅު ކައުންސިލުން އެ މަސައްކަތް ކުރާނެ ކަމަށާއި، ވެލާއިން ޑަސްޓްބިން އުފައްދަން އޯޑަރު ދޭނީ އެ މަސައްކަތް ކުރުމަށް ފަހު ޑިޒައިން ހަވާލު ކުރުމުންކަން ފާހަގަކުރެވުނެވެ.

    • ކޮންމެ ދާއިރާއަކުން ވެސް މީހަކު ތަމްރީން ވެފައިހުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެ ފުރުސަތު އާންމުންނަށް ހޯދައިދިނުމަށް އަތޮޅުތެރޭގަ ކޯސްތައް ހިންގާ އިރު ރަށްރަށުންނާ އަތޮޅު ކައުންސިލުންވެސް ކުރަންޖެހޭ ބައެއް ޚަރަދު ތައް ހުންނާނެތީއާއިއެކު ޕޮލި ޓެކްނިކާ އެއްކޮން މަސައްކަތް ކުރުމަށް އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ނިންމާފައިވެއެވެ. އަދި މިހާރުވެސް ޕޮލީޓެކްނިކްގެ ް 2 ކޯހެއް ކުޑަފަރީގައި ހިންގަމުންދާ ކަމަށާއި، ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާ ލެވުނު ނަމަވެސް، ހުރިހާ ރަށަކުން ބައިވެރިވެފައިނުވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ކުޑަފަރީގަ ހިންގި ރިނިއުބަލް އެނަރޖީ ޕްރޮގްރާމްގައިވެސް ބައިވެރިވީ 4 ރަށަކުން ކަމަށާއި، އަތޮޅު ކައުންސިލުން ސޯލާ އަޅަން ފާސްކުރި އިރު އެކަންކަން މެއިންޓެއިން ކުރާނެ ފަރާތްތައް އަތޮޅުން ލިބިފައިނުވާ ކަމަށާއި، މިއީ އަތޮޅު ކައުންސިލުން ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރެއްވިއެވެ.

    • ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޑެސްކެއް ނޫނު އަތޮޅު ކައުންސިލްގައި ޤާއިމް ކުރުމަށް އެ އޮތޯރިޓީން ބޭނުންވާތީ ލޭބަރ ރިލޭޝަން އޮތޯރިޓީގެ ޑެސްކެއް މި ކައުންސިލްގައި ގާއިމްކުރުމަށް މަޝްވަރާ ކުރެވިފައިވެއެވެ. އެގޮތުން، މި ޑެސްކުން ކުރާ މަސައްކަތެއްގެ ގޮތުގައި ހިމެނެނީ ރިސޯޓްތަކުގެ ސާރވިސްޗާޖް ރަނގަޅަށް ދޭތޯ ބެލުމާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް މިނިމަމްވޭޖް އުޖޫރަ ދޭތޯ ބެލެހެއްޓުމާއި، އެބޭފުޅުންގެ ދަފްތަރެއް ނޫނު އަތޮޅުގަ ބަލެހެއްޓުމާއި، ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތްތައް ޢަމަލުކުރަމުން ގެންދަނީ ޤާނޫނާ އެއްގޮތައްތޯ ބެލުމާއި، ބިދޭސީ މަސައްކަތްތެރިން އައިސް މަސައްކަތްކުރަނީ ގަވާއިދާއި އެއްގޮތަށްތޯ ބެލުމާއި އެމީހުންގެ ހައްގު ރައްކާތެރި ކުރުންކަން ފާހަގަކޮށް، އެ ޑެސްކް ގާއިމްކުރުމަށް ބައްދަލުވުމުގައި ނިންމާފައިވެއެވެ.

    • ފާސްކުރެވެނު ޕްރޮގްރާމްތަކަށް ކޮންސަލްޓެންސީ ބޭނުންވާކަން ފާހަގަކޮށް، ކައުންސިލްގައި އެ މަސައްކަތް ކުރެވޭނެ ވަރުގެ ކެޕޭސިޓީއެއް ނެތުމުން ައުންސިލް ޕްލޭންތައް ހަރަކާތްކުރުމަށާ ގުޅުންހުރި ޕްރޮޖްކްޓްތަކާ ގުޅުންހުރި އިޖްތިމާއީ ޕްރޮގްރާމްތައް ޖަމިއްޔާތަކާ ސްކޫލްތަކާއެކު ހިންގުމަށް ކުރަންޖެހޭ ދިރާސާކޮށް، ޕްރޮޕޯޒަލް ތައްޔާރުކޮށް ހިލޭ އެހީ ހޯދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން އިއުލާން ކުރުމަށް ނިންމާފައިވެއެވެ.