ނޫނު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 14 ވަނަ އާންމު ބައްދަލުވުން

އިވެންޓް

ޝާއިރުކުރީ

08 މާޗް 2022

بسم الله الرحمن الرحيم

الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه

ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 14 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ

  • އެޖެންޑާ ނަންބަރ : 04/2022/02ދ- އޖ
  • ތާރީހާ ގަޑި: 08 މާރޗް 2022 އަންގާރަ ދުވަހުގެ ރޭ 10:00
  • ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް، އޮންލައިންކޮށް

  • ބައްދަލުވުމުގެ ޙާޟިރީ: (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
  • އެޖެންޑާ ފާސްކުރުން: (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)

  1. ކައުންސިލަށް ހުށަހަޅާ ކަންތައް.
  • 1.1 އިސްރާފު މަދުކޮށް އަނބުރާ ބޭނުންކުރުމުގެ ޕްލޭނަށް މަޝްވަރާކޮށް ފާސްކުރުން

  • ބައްދަލުވުން ނިންމުން.

މި ސަފްހާގައިވާ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ނުކުތާތަކާއި، ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.

-------------------------------------------------

މަޝްވަރާކުރެވުނު ނުކުތާތައް:

  • ރަށްރަށުގައި އިސްރާފް ކުރުން މަދުކުރުމަށާއި، އިސްރާފު ކޮށް އުކާލާ ތަކެތި މަދުކުރުމަށް އަތޮޅުގެ ރަށްރަށުގަ އާއި ރިސޯޓުތަކުގައި ކެމްޕޭނެއް ހިންގުން
  • ކުނިވެ ފަނާވެދާ ޒާތުގެ ތަކެތި ޕްރޮސެސް ކުރެވޭނެ މިންވަރަށް މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށާއި، އެގޮތުން ކޮންމެ ރަށެއްގައި ވެސް އެރަށެއްގައި އުފެދޭ ބަދިގެ ބާކީ ވަކި މިންވަރަކަށް މެނޭޖްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ދެން އޮންނަ ބައި އަތޮޅު ފެންވަރުގައި މެނޭޖްކުރާ ސެންޓަރަށް ގެންދިއުމަށް.
  • އިސްރާފުވާ ސާމާނު އަޅާފައިވާ ސަރަހައްދުގައި ގިނައީ ވިޔަފާރިތަކުން އުކާލާ ޕެކޭޖިންގްގެ ސާމާނާއި، ދަޅާއި ފުޅި ކަމަށްވާތީ، ވިޔަފާރިވެރިންނަށް ގަނޑުކޮށް މުދާ ވިއްކޭނެ މަގެއް ހޯދައިދިނުން
  • އަތޮޅުތެރޭގައި ދަތުރުކުރުމަށް މުދާއުފުލާ ފެރީއެއް ތައާރަފް ކޮށްގެން މެނުވާ މައްސަލަ ވަށާޖައްސާ ހައްލުނުކުރެވޭނެކަމަށް.
  • ސޮނެވާ ނަމޫނާއިން އަތޮޅު ކައުންސިލާއެކު ވޭސްޓް މޮނިޓަރިންގް ދަތުރުތަކެއްކޮށް އެއްކުރެވިފައިވާ މައުލޫމާތުތަކުގެ އަލީގައި ރަށްތަކުަގައި އިސްރާފުވާ ސާމާނު މެނޭޖްކުރަމުންދާގޮތް ހަރުފަތްތަކަކަށް ބަލައިގެން ކުރިއަށްދާން ފަސޭހަވާނެ ކަމަށް
  • އިސްރާފުވާ ސާމާނު މެނޭޖްކުރުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބޮޑު ހަރަދެއް ދާނެ ކަމަށާއި، މިކަމަށް މާލީ ފުދުންތެރިކަން ހޯދުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން އެކަމަށް ދޭ ސަބްސިޑީތައް ކައުންސިލްތަކަށް ލިބޭނެ ގޮތަކަށް އިންތިޒާމް ހަމަޖެއްސުމަށް ވަކާލާތުކުރުމަށް
  • އިސްރާފުވާ ސާމާނު މެނޭޖްކުރުމަށް ބޮޑަށް ބަލާނީ މެކޭނިކަލް ކޮމްޕޯސްޓިންގް ސިސްޓަމް އަކަށް ކަމަށާއި، އިސްރާފުވާ ސާމާނު މެނޭޖްކުރުމުގާ ބޭނުންކުރެވޭ ބައެއް މެޝިނުތަކަކީ ރާއްޖޭގައި އުފެއްދިދާނެ ތަކެތި ކަމަށާއި، ރާއްޖޭގެ ރަށްރަށުގައި މިކަމަށް ގާބިލް ހުނަރުވެރި ފަރާތްތަކުން އެބަހުރި ކަމަށާއި، ޕްލޭންގައި ކޮންމެވެސް ވަރަކަށް އިނޮވޭޝަންއަށް ފުރުސަތު ދިނުމަށް