ނޫނު އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުން

އިވެންޓް

ޝާއިރުކުރީ

14 ޖަނަވަރީ 2022

بسم الله الرحمن الرحيم

الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه

ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 15 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ

  • އެޖެންޑާ ނަންބަރ : 04/2022/1ދ- އޖ
  • ތާރީހާ ގަޑި: 14 ޖެނުއަރީ 2022 ވާ ހުކުރު ދުވަހުގެ ރޭ 9:00
  • ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް، އޮންލައިން

  • ބައްދަލުވުމުގެ ޙާޟިރީ. (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
  • އެޖެންޑާ ފާސްކުރުން. (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)

1. ކައުންސިލަށް ހުށަހަޅާ ކަންތައް.

  • 1.1 ނޫނު އަތޮޅު ކައުންސިލްގެ 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމާއި، ބަޖެޓް ފާސްކުރުން

  • ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
  • ނިންމުން: ވޯޓަށް އެހުމާއި ފާސްކުރުން:
  • ބައްދަލުވުން ނިންމުން.

މި ސަފްހާގައިވާ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތައް މި ސަފްހާގައި ތިރީގައި އެވަނީއެވެ.

-------------------------------------------------

ނިންމުންތައް:

  • މި ބައްދަލުވުމުގައި 2022 ވަނަ އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކަމަށާއި، ނަމަވެސް، ތަރައްގީ ޕްލޭންގައި ތަފާތު ޕްރޮގްރާމްތައް ހިމެނިފައިވާތީ ކޮންމެ ޕްރޮގްރާމަކަށް ވަކި ވަކިން ބަޖެޓް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކައުންސިލް މެމްބަރުންނަށް އެއްބަސްވެވި، ކުރިއަށްހުރި ބައްދަލުވުންތަކުގައި ކޮންމެ ޕްރޮގްރާމަކަށް ވަކިން ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރަން ނިންމައި، މި ބައްދަލުވުމަށް ހުށަހެޅާފައިވާ ބަޖެޓް ފާސްކޮށްފައިވެއެވެ.

  1. ބައްދަލުވުމުގައި ބަޖެޓް ފާސްކޮށްފައިވާއިރު، ފާސްކޮށްފައިވަނީ 2022 ވަނަ އަހަރަށެވެ. އެގޮތުން :

  • 2022 ވަނަ އަހަރު ފަންޑުގެ ގޮތުގައި 23،710،599.66 ރ ލިބޭނެ ކަމަށާއި، ފަންޑުތަކުން ރިކަރަންޓް ހަރަދުގެ ގޮތުގައި 16,590,759.66 ރ ، ކެޕިޓަލްގެ ގޮތުގައި 7,119,800.00 ރ ފާސްކޮށްފައިވާ ބަޖެޓުގައި ހިމެނިފައިވެއެވެ. މުވައްޒަފުންގެ އުޖޫރައާއި އެލަވަންސްތަކަށް ޖުމުލަ 5,107,131.00 ރ އާއި ފެންޝަން ސްކީމްއަށް 201,994.80 ރ ބަޖެޓުކޮށް، ދަތުރުފަތުރު ކުރުމަށް 223,700.00 އަދި އޮފިސް ހިންގުމަށް ބޭނުންވާ ތަކެތި ހޯދުމަށް 992,900.00 ރ ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާނެއެވެ. މީގެއިތުރުން އޮފިސް ހިންގުމަށް ބޭނުންވާ ހިދުމަތްތައް ހޯދަން 6,886,033.86 ރ އާއި ތަމްރީން ކުރުމަށް 624,000.00 ރ އަދި މަރާމާތު ކުރުމާއި ބެލެހެއްޓުމުގެ ހަރަދަށް 2,066,000.00 ރ އާއި ސަބްސިޑީތަކުގެ ގޮތުގައި 489,000.00 ރ އާއި ޕަބްލިކް އިންވެސްޓްމެންޓްގެ ގޮތުގައި 2,700,000.00 ރ އާއި އޮފިސް ހިންގުމަށް ބޭނުންވާ ހަރުމުދާ ހޯދުމަށް 4,419,800.00 ރ ބަޖެޓް ކޮށްފައިވާނެއެވެ.