ޕްލޭނިންގ ކޮންސަލްޓަންޓެއް ހޯދުން

އިއުލާން

ނަންބަރު

(IUL)228-DG/228/2022/27

ޝާއިރުކުރީ

05 ޖޫން 2022

ސުންގަޑި

16 ޖޫން 2022

ކައުންސިލްގެ މަގްސަދުތަކާއި ހަމަތަކާއި ތަސައްވުރާއި އަމާޒް އަދި ކަމާބެހޭ ގާނޫނީ އިޖްރާތުތަކަށް ފެތޭގޮތަށް ނޫނު އަތޮޅު ތަރައްގީގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނާއި ގުޅިލާމެހޭނެގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ފަޅުރަށްރަށާއި ފަޅާއި ފަރުގެ ބިމުގެ ޖާގަތައް ބޭނުންހިފާނެ ގޮތުގެ ޕްލޭނުތަކާއި، ކަމާބެހޭ ފަންނީ ލިޔެކިޔުމާއި، ޗާޓުތައް މުރާޖާކޮށް، އެޕްލޭނުތަކުގެ ހަރަކާތްތައް ހިންގާނެ ގޮތާމެދު އަތޮޅު ކައުންސިލަށް ލަފާދީ އެހީތެރިވާނެ ކޮންޒަލްޓަންޓެއް ހޯދުމަށް ކުރެވިފައިވާ އިއުލާނު.

ނޫނު އަތޮޅު ކައުންސިލްގެ ގުދުރަތީ ވަސީލަތް ތަކާއި ބިން ދަމަހައްޓާ ބޭނުންކުރުމަށް ފާސްކުރެވިފަ އޮތް ޕްލޭނާއި، ނޫނު އަތޮޅު މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގަ ހިމެނޭ ސަރަހައްދުގެ ލޭންޑްޔޫސް ޕްލޭންތައް އެކުލަވާލުމަށް މިހާރު އަތޮޅު ކައުންސިލުން ކުރާ މަސައްކަތުގެ އިތުރަށް ރަށު ކައުންސިލް ތަކަށް ފަންނީ އެހީތެރިކަން ދިނުމަށްޓަކައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ނޫނު އަތޮޅު ކައުންސިލުން ނިންމާފައިވަނީ ނިންމާފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 16 ވަނަ ބައްދަލުވުމަށް އެޖެންޑާކޮށް 1.4 ވަނަ ނުކުތާގައެވެ.

ލޭންޑްޔޫސް ޕްލޭންތަކުގެ މަސައްކަތާއި، ޕްލޭން މުރާޖާކުރުމުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ރަށްރަށުގެ ބިން އެކި ބޭނުންތަކަށް ބޭނުންކުރުމަށް ހުރަސް އެޅޭކަމުން ރަށު ކައުންސިލްތަކާއެކު ވަކިވަކިން ބޭއްވުނު ބައްދަލުވުންތަކުގައާއި ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 16ވަނަ ބައްދަލުވުމުގައި ކައުންސިލް މެމްބަރުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.