ކައުންސިލްތަކުގެ މާލީ ހިސާބުތައް 2021
ރިޕޯޓް
ޝާއިރުކުރީ
13 މާޗް 2022
ޤާނޫނު ނަމްބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ރަށު ކައުންސިލުގެ އާމްދަނީ އާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އހަރީ ހިސާބު، އަތޮޅު ކައުންސިލަށް، ރަށުކައުންސިލުގެ ރައީސް ހުށަހަޅާން ޖެހެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް 2021 ވަނަ އަހަރުގެ މާލީ ހިސާބުތައް ހުށަހަޅުއްވާފައިވާ މި އިދާރީ ދާއިރާގެ 4 ރަށު ކައުންސިލުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
1. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
2. މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
3. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ
4. މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
މަތީގައި ބަޔާންކުރެވުނު ކައުންސިލްތަކުގެ މާލީ ހިސާބުތަކާއި، މުއްދަތު ފަހަނައަޅައި ދިޔަފަހުން ލިބިފައިވާ ކައުންސިލްތަކުގެ މާލީ ހިސާބުތައް ވެސް މި ޕޯސްޓުގެ ހަވާސާގައި ހިމެނިފައިވާނެއެވެ.