ތަރައްގީ ޕްލޭނަށް އަމަލީ ސިފަ ގެންނަމުންދާ ގޮތުގެ މައުލޫމާތު އާންމުކުރުން

ރިޕޯޓް

ޝާއިރުކުރީ

12 ޖޫން 2022

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު އާއްމުކުރުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ. ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާން ކޮށްފައިވާގޮތަށް، 2022 ވަނަ އަހަރުގެ މާރޗް / އޭޕްރީލް މަހުގައި މިދެންނެވި މަޢުލޫމާތު އާއްމުކޮށްފައިވާ ކައުންސިލްތަކުން އެ މަޢުލޫމާތު މިކައުންސިލާ ހިއްސާކޮށްދިނުމަށް އެދި ވާނީ 7 ޖޫންގައި ހަނދުމަކޮށްދީ ދަންނަވާފައެވެ. އެގޮތުން، މާރޗް / އޭޕްރީލް މަހުގައި މަޢުލޫމާތު އާއްމުކޮށްފައިވާކަމަށް މިކައުންސިލަށް ޖޫން 9 ވަނަ ދުވަހުގެ ކުރިން ރިޕޯޓްކޮށްފައިވާ އަތޮޅުގެ 04 ރަށު ކައުންސިލުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

1. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ

2. މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ

3. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ

4. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލުން މަރުޙަބާ ދަންނަވަމެވެ. އަދި މިތާރީހްގެ ފަހުންވެސް ކަމާގުޅޭ މަަސައްކަތްކޮށްފައިވާ ކައުންސިލްތަކުން ރިޕޯޓްކުރަމުން ގެންދާ ވަރަކުން މި ސަަފްހާގެ ހަވާސާއަށް އެމައުލޫމާތު އަޕްލޯޑްކުރަމުންދާނެ ކަމުގައި ދަންނަވަމެވެ. އަދި އަތޮޅު ކައުންސިލުގެ ތަރައްގީ ޕްލޭނާއި އެޕްލޭނަށް އަމަލުކުރެވެމުންދާ ހަރަކާތްތައްވެސް، މިކައުންސިލު ވެބަސައިޓްގެ ޒަރީއާއިންނާ، ކައުންސިލްގެ ރަސްމީ ބައްދަލުވުންތައް ލައިވްކޮށްގެންނާއި އަދި ސޯސަލް މީޑިއާ މެދުވެރިކޮށް ލައިވްކޮން ރައްޔިތުންނާ ހިއްސާކުރެވެމުންދާކަން ފާހަގަކުރަމެވެ.

9 ޖޫންއަށް ފަހުން މި އިދާރާއަށް މައުލޫމާތު ލިބުުނު ކައުންސިލްތަކުގެ ލިސްޓް ތިރީގައި އެވަނީއެވެ.

5. ކެނދިކުޅުދޫ

6. ހެނބަދޫ