ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 1 ވަނަ ކުއްލި ބައްދަލުވުން
އިވެންޓް
ޝާއިރުކުރީ
20 މެއި 2021
بسم الله الرحمن الرحيم
الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه
ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ފުރަތަމަ ކުއްލި ބައްދަލުވުމުގެ އެޖެންޑާ
- އެޖެންޑާ ނަންބަރ : 10/2021/4ދ- އޖ
- ތާރީހާ ގަޑި: 20 މެއި 2021 ބީ ބުރާސްފަތި ދުވަހުގެ13:00 އަށް
- ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް / އޮންލައިންކޮން
- ބައްދަލުވުމުގެ ޙާޟިރީ: (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
- އެޖެންޑާ ފާސްކުރުން: (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)
- ކައުންސިލަށް ހުށަހަޅާ ކަންތައް.
- 1.1 ކޮވިޑް 19 ގެ ހާލަތުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ މައްސަލަތަކަށް ވަގުތުން ހޯދެންހުރި ހައްލުތަކެއް ކަނޑައަޅާ އެކަންކަމާއިގުޅޭގޮތުން މަޝްވަރާކޮށް ޢަމަލުކުރާނެގޮތްތަކެއް ފާސްކުރުން.
- ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
- ބައްދަލުވުން ނިންމުން.
ބައްދަލުވުމުގެ ނިންމުންތަކާ ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.
މަޝްވަރާކުރެވުނު ނުކުތާތައް:
- ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ، ރައްޔިތުންނަށް ދިމާވެފައިވާ އެކި އެކި ގޮންޖެހުންތަކާއި، ދަތި އުނދަގޫތައް ފިލުވައިދިނުމުގައި އަތޮޅު ކައުންސިލާއި ރަށުކައުންސިލްތަކުން ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް، މިހާރުން މިހާރަށް ހައްލު ހޯދަންޖެހޭ ކަންތައްތައްކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނެވެ. އެގޮތުން، ސުންކު ނެގުމާއި، އޭގެ ނަތީޖާ ލިބުމާއި ދޭތެރޭގައި ހޭދަކުރަންޖެހޭ މުއްދަތު ދިގުދެމިގެންދާތީ އެކަމަށް ހައްލު ހޯދައިދިނުމަށާއި، ހިރާސް ބޮޑު ބަލިމީހުންނާއި ލޭއަޅާ ކުދިންނަށް ބޭނުންވާ ފަރުވާގެ ކަންތައްތައް ކުރުމަށް އަތޮޅު ހޮސްޕިޓަލަށް ކުރަންޖެހޭ ދަތުރުފަތުރުގެ ކަންކަން ކުރުމަށާއި، އެހެނިހެން ޒަރޫރީ ބޭނުންތައް ފުއްދުމަށް އެއް ރަށުން އަނެއް ރަށަަށް އަރާ ފޭބުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާއި ގުޅިގެން މަޝްވަރާ ކުރެވިފައިވެއެވެ.
ކައުންސިލް މެމްބަރުން މަޝްވަރާކޮށް ވަކި ކަންތައްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން:
- މިވަގުތު އެމަރޖެންސީ ކަންކަން ހަމަޖެއްސުމަށްޓަކައި 00/1،000،000 އެއްމިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައި ބަލިފެތުރިފައިވާ ނިސްބަތުން ނުވަތަ ރަށްރަށުގެ އާބާދީގެ ނިސްބަތުން ރަށްރަށަށް ފޯރުކޮށްދީ ކަނޑައެޅޭ އިންތިޒާމްތަކެއް ރަށްރަށުގައި ހަމަޖެއްސުން.
- ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމުގައި އަތޮޅުތެރޭގައި ރަގަޅު އުސޫލެއްގެ ދަށުން ކަންކަން ހަމަޖެއްސުން. ޒަރޫރީ ބޭނުންތަކުގައި މެނުވީ ދަތުރުފަތުރު ނުކުރުން. އެ ޒަރޫރީ ބޭނުންފިޔަވާ އެހެން ބޭނުމެއް ނުހިފުން.
- ފަސޭހަކަމާއިއެކު މާފަރު ކޮވިޑްލެބް ބޭނުންކުރެވޭނެ ގޮތްތަކެއް ހަމަޖައްސައި ދިވެހީންނެކޭ އެއްގޮތަށް ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ސާމްޕަލް ތައްވެސް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- ކަރަންޓީންވާންޖެހޭ ފަރާތްތަކުގެތެރެއިން އަމިއްލައަށް ކަރަންޓީން ފެސިލިޓީ ހަމަޖެއްސުމަށް ދަތިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރަށުކަރަންޓީން ފެސިލިޓީއެއް ގާއިމްކޮށް އަދި އަތޮޅު އެންމެންނަށް ރަށްރަށުގެ ކަރަންޓީން ފެސިލިޓީތައް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން.
- ރިސޯޓް ސްޓާފުންނަށް ރަށަށް އައުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއްހޯދުމަށް ކައުންސިލާއި ވެވޭ އެއްބަސްވުމެއްގެ ދަށުން އުސޫލެއް އެކުލަވާލައި އެއިންތިޒާމްތައް ހަމަޖެއްސުން.
- ނ. އަތޮޅު ހޮސްޕިޓަލްގައި ކޮވިޑް ޓެސްޓް ހެދޭނެ ލެބޯޓްރީއެއް ގާއިމްކުރުން. ނ. އަތޮޅު ހޮސްޕިޓަލްގައި މިވަގުތު ކަމާގުޅޭ ބައެއް މެޝިނަރީޒް އެބަހުރި. ކޮވިޑް ލެބޯޓްރީއެއް ގާއިމްކޮށް ހިންގުމަށް ލެބްޓެކްނީޝަން އަދި ރޫމެއް އެބަހުރި.
- 00/100،000 އެއްލައްކަ ރުފިޔާ އަށްވުރެން ބޮޑުނޫން ބަޖެޓަކުން މި ރޫމްގައި ލެބޯޓްރީއެއް ސެޓަޕް ގާއިމްކުރެވިދާނެ.
- މާފަރު ލެބުން ދިވެހިންނެކޭ އެއް އުސޫލަކުން ބިދޭސީންނަށްވެސް ހޮސްޕިޓަލް + ހެލްތްސެންޓަރ ތަކުން ފޮނުވާ ސާމަޕަލްތައް ހިލޭ ޓެސްޓްކުރެވޭނެ ގޮތެއް ހެދުން.
- ކޮންޓެކްޓް ޓްރޭސިންގެ 50% މީހުންނަކީ ބިދޭސީން.
- ބިދޭސީންގެ ސަމްޕަލެއް މާލެ ފޮނުވަން ޖެހިއްޖެނަމަ އެވްރެޖްކޮށް 5 ދުވަސް ނަތީޖާލިބުމަށް ނަގާ. މިއީ އަސްލު ވަރަށް ދިގު މުއްދަތެއް.
- ކަރަންޓީން ފެސިލިޓީގެ ގޮތުގައި ރޫމްލިބެންހުރި ކޮންމެރަށަކުން ކައުންސިލްގެ ދަށަށް ކަރަންޓީން ފެސިލިޓީ ހަމަޖެއްސުން.
- އަތޮޅުން މާލެ ދަތުރުކުރާ އޮޑިދޯނިފަހަރު މުދާބޭލުމަށް ކޮންމެސް ސެންޓްރަލް އެއްރަށެއް ނުވަތަ ދެރަށެއް ކަނޑައެޅުން. އަދި އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުން އެހެން ރަށްރަށުގެ މުދާ ޑިސްޓްރިބިއުޓްކުރުން.
- ހާއްސަ ފަރުވާ ( ދާއިމީ ފަރުވާ) ތަކަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް ފަސޭހަކަމައިއެކު ދަތުރުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.
- ތެލެސީމިއާ ޕޭޝަންޓުންނަށް އެ ޕޭޝެންޓުންނަށް އެ ޕޭޝަންޓެއްގެ ރަށުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސައިދިނުން.
- ނ. އަތޮޅު ކޮންމެ ރަށެއްގައި މޮބައިލް ލެބޯޓްރީގެ ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން.
- ކޮންމެ ރަށެއްގެ ކޮންމެ ބަލިމީހަކަށްވެސް އަތޮޅު ހޮސްޕިޓަލުން ހެދޭ ޓެސްޓްތައް ރަށުގައި ހުރެގެން މޮބައިލް ލެބޯޓްރީ ބޭނުންކޮށްގެން ހެދުން.
- ސަރުކާރުގެ ހުއްދައާއި އެކު މޯބައިލް ލެބޯޓްރީގެ އެހީގައި ކޮންމެ ރަށެއްގައިވެސް ލޭ އެޅުމުގެ ހިދުމަތް ދެވިދާނެ.
- އަދި ކޮވިޑްގެ ދަތި ދުވަސްވަރު ނ. އަތޮޅުގައި އަޅުގަނޑުމެން ލޭ އެޅުމުގެ ކަންކަން ރަށްރަށުގައި ވަރަށް ކާމިޔާބު ކަމާއެކު ގެންދެވުން.
- ކޮވިޑް ސާމްޕަލް އުފުލުމުގައި ކަނޑު ދަތުރު ތަކުގައި ދިމާވާ ދަތިތަކަށް އެހީތެރިވުން.
- ސީ އެމްބިލާންސް ނެތްވަގުތުތަކުގައި އަތޮޅު ލޯންޗް ހަމަޖެއްސުން.
- ސިނާއީ ރަށްރަށާއި ރިސޯޓް ކޮންސްޓްރަކްޝަން ރަށްރަށުގެ ސްޓާފުންނަށް ކަރަންޓީންވުމަށް ލުއިގޮތެއް ހޯދައިދިނުން.
- ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ރިސޯޓް މުވައްޒަފުން ރަށު ކަރަންޓީން ޗުއްޓީ ރިސޯޓްތަކުން ހަމަޖެއްސުމަށް ބާރު އެޅުން.
މި ޔައުމިއްޔާ ޝާއިރުކުރާ ވަގުތުން ފެށިގެން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލް މެމްބަރުންގެ އިޒްނައަށް ނުވަތަ ކޮމެންޓަށް އެދި ޓީމް އެޕްލިކޭޝަނުން ރަސްމީކޮން ފޮނުވާފައިވާނެއެވެ. އަދި އެފަރާތްތަކުން އިސްލާހެއް ފޮނުވާފައިވާނަމަ އެއިސްލާހެއް 48 ގަޑިއިރު ތެރޭގައި އަޕްޑޭޓްކުރެވޭނެއެވެ. ބަޔާންކުރި 48 ގަޑިއިރަށްފަހު ބައްދަލުވުމުގެ ޔައުމިއްޔާ ކައުންސިލް މެމްބަރުންގެ އިޒްނައާއެކު އެވަނީ ފާސްވެފައެވެ.