ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 18 ވަނަ އާންމު ބައްދަލުވުން
އިވެންޓް
ޝާއިރުކުރީ
29 ޖޫން 2022
بسم الله الرحمن الرحيم
الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه
ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 18 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ
- އެޖެންޑާ ނަންބަރ : 04/2022/07
- ތާރީހާ ގަޑި: 30 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 ގައި
- ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް، އޮންލައިން
- ބައްދަލުވުމުގެ ޙާޟިރީ. (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
- އެޖެންޑާ ފާސްކުރުން. (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)
1. ކައުންސިލަށް ހުށަހަޅާ ކަންތައް.
- 1.1. ނޫނު އަތޮޅު ކައުންސިލް ހިންގާގަވާއިދު ހުށަހެޅުން
- 1.2. ނޫނު އަތޮޅު ކައުންސިލް އިދާރާ ހިންގުމުގެއޮނިގަނޑު ހުށަހެޅުން
- 1.3. ނޫނު އަތޮޅު ތަރައްގީ ޕްލޭން ހިންގާ ގަވާއިދު ހުށަހެޅުން
- 1.4. ޖަމިއްޔާތަކުގެ ބައިވެރިވުމާއެކުތަރައްގީ ޕްލޭންހަރަކާތްކުރުމުގެ ގަވާއިދު ހުށަހެޅުން
- 1.5. ނޫނު އަތޮޅު ކައުންސިލްގެ އުޅަނދު ފަހަރާ ވެހިކަލްބޭނުންކޮށް ދޫކުރާނެގޮތުގެގަވާއިދު ހުށަހެޅުން .
- 1.6. ނޫނު އަތޮޅު ކައުންސިލްގެ އަތޮޅުގެބޭނުންކޮށް ދޫކުރާނެގޮތުގެ ގަވާއިދު ހުށަހެޅުން
- 1.7. ނޫނު އަތޮޅު ކައުންސިލްމެމްބަރުންގެޗުއްޓީޕްލޭން ހުށަހެޅު
- ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
- ބައްދަލުވުން ނިންމުން.
ކައުންސިލްގެ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތަކާ ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.
ނިންމުންތައް:
- މި ބައްދަލުވުމުގައި ނޫނު އަތޮޅު ކައުންސިލްގެ އާ ހިންގާ ގަވާއިދު ހުށަހަޅައި، އެ ހިނގާ ގަވާއިދުގައި ހިމެނުނު ތަފާތު ނުކުތާތައް ތައާރަފް ކޮށްދެއްވި، މަޝްވަރާ ކުރެވުނެވެ. އަދި ހުށަހެޅުނު ހިންގާ ގަވާއިދަށް އިސްލާހު ގެނެވިފައިވެއެވެ. އެގޮތުން، އިސްލާހުތަކާއެކު ފާސްކުރެވުނު ހިންގާ ގަވާއިދުގައި ހިމެނިފައިވާ ތަފާތު ނުކުތާތަކުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ:
1. ޓީމް މީޓިންގް ފަދަ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައްދަލުވުންތައް ބޭއްވޭނީ އެފަދަ ބައްދަލުވުންތައް ބޭއްވޭނެ ގޮތުގެ އުސޫލެއް ކަނޑައަޅައި، ކައުންސިލް ބައްދަލުވުމަކުން ފާސްކުރުމަށް
2. ކައުންސިލް ބައްދަލުވުންތަކާއި އެހެނިހެން ބައްދަލުވުންތަކުގެ އެޖެންޑާ އަދި ޔައުމިއްޔާ ކައުންސިލްގެ ނޯޓިސްބޯޑު ނުވަތަ ކައުންސިލްގެ ވެބްސައިޓުގައި އާންމުކުރާތާ 3 ދުވަހުގެ ތެރޭގައި އެ ލިއުމަށް ބަދަލު ގެންނަން އެއްވެސް ކައުންސިލް މެމްބަރަކު އިސްލާހެއް ސެކެޓްރީ ޖެނެރަލްއަށް ހުށަހަޅާފައިނުވާނަމަ، އެޖެންޑާ އާއި ޔައުމިއްޔާ ފާސް ވާނެ ކަމަށާއި، މިގޮތަށް ހިންގާ ގަވާއިދު ބަލުކުރުމުން، ބައްދަލުވުންތަކުގެ އެޖެންޑާ އާއި ޔައުމިއްޔާ ފާސްކުރުމަށް ކޮންމެހެން ކައުންސިލް މެމްބަރުންގެ ސޮއި ބޭނުން ނުވާނެ ކަމަށް
3. އިޖްރާއީ ގަވާއިދުގައިވާ ގޮތުން އަތޮޅު ކައުންސިލްގެ މެމްބަރުން ކަނޑައަޅައި ގޮތަކަށް އަތޮޅު ކައުންސިލްގެ ރައީސްގެ ރަސްމީ މަސައްކަތު ގަޑި ބަދަލުުކުރެވޭތީ، ނޫނު އަތޮޅު ކައުންސިލްގެ އާ ހިންގާ ގަވާއިދުގައި ވަނީ އަތޮޅު ކައުންސިލްގެ ރައީސްގެ ރަސްމީ މަސައްކަތު ގަޑިއަކީ 6 ގަޑިއިރު ކަމަށާއި، ރަސްމީ މަސައްކަތު ގަޑި ފެށޭ ވަކި ގަޑިއެއް ނޯންނަ ކަމަށާއި، ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި އަތޮޅު ކައުންސިލްގެ ރައީސް އުޅުއްވާނަމަ، އެ ވަގުތުތައް ގުނާނީ ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ކަމަށް
4. އާންމު މަސްލަހަތު ނުވަތަ ވަކި ފަރުދެއްގެ މަސްލަހަތު ހިމެނޭ ފަދަ މައްސަލައެއް ނޫނު އަތޮޅު ކައުންސިލްގެ ބައްދަލުވުމެއްގައި އެޖެންޑާކޮށް މަޝްވަރާކުރާނަމަ، އެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ހެދިދާނެ ކަމަށާއި، މިފަދަ ސިއްރު ބައްދަލުވުމެއް ބާއްވައިފިނަމަ، އެ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރެވޭނީ ވަކިން މެމްބަރުންނަށް ޔައުމިއްޔާ ފޮނުވައިގެން ކަމަށާއި، އެ ޔައުމިއްޔާ އާންމުކުރަަން ނުޖެހޭނެ ކަމަށް
5. ނޫނު އަތޮޅު ރަށްރަށުގެ ކައުންސިލްތަކުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި، ރަށު ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލަފާއެރުވުމަށް ނޫނު އަތޮޅު ކައުންސިލުން ރަށްރަށު ތަރައްގީ ޕްލޭންތައް ހިނގަމުންދާ ގޮތާއި، ތަރައްގީ ޕްލޭންގެ މަސައްކަތްތަކުގެ ސަބަބުން ރަށްރަށަށް އަންނަ ބަދަލުތައް ވަޒަންކޮށްދޭނެ މިންގަނޑުތައް ބަލައި، މޮނިޓަރ ކުރުމުގެ މަސައްކަތް ހިންގާ ގަވާއިދުގައި ހިމެނުމަށާއި، ރަށުކައުންސިލްތަކުން ރަށްވެހިކަމުގެ ހިދުމަތް ދެމުންދާ ގޮތް ވެސް މޮނިޓަރ ކުރުމަށް
- ސިވިލް ސާވިސް ކޮމިޝަންގެ ގައިޑްލައިނާއި އެއްގޮތަށް އާ އޮނިގަނޑު ހަދައި، މި ބައްދަލުވުމުގައި ކައުންސިލް ހިންގުމުގެ އާ އޮނިގަނޑު ހުށަހެޅުނެވެ. އަދި އާ އޮނިގަނޑުގައި މުވައްޒަފުން މަސައްކަތް ކުރާނެ ގޮތާއި، މުވައްޒަފުން އިތުރުވީ ދާއިރާތަކާއި، ގެނެވުނު އިތުރު ބަދަލުތައް ފާހަގަކުރެވި، އެ ބަދަލުތަކާއިއެކު އާ އޮނިގަނޑު ވަނީ ފާސްކުރެވިފައެވެ.
- މުބާރާތްތަކާއި، މުނިފޫހިފިލުވުމުގެ މަސައްކަތް ކުރުމަށް ނޫނު އަތޮޅު ކައުންސިލްގައި ކޮމިޓީއެއް އެކުލަވާލުމަށް ބައްދަލުވުމުގައި ހުށަހެޅިފައިވެއެވެ. ކައުންސސިލް ހިންގާ ގަވާއިދުގައި ކޮމިޓީ ހަދައި ހިންގުމަށް ފުރުސަތު އޮންނާނެ ކަމަށާއި، ކުއަށް އޮތްތަނުގައި ކައުންސިލާއި ޖަމުއިއްޔާތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެެއްކަން ފާހަގަކޮށް، ކޮމިޓީތައް އެކުލަވާލާއިރު ސްކޫލްތަކާއި ޖަމުއިއްޔާތަކުގެ މީހުންނަށް ކޮމިޓީގައި ބައިވެރިވެވޭނެ ގޮތަށް ފުރުސަތު ހުޅުވާލުމާއި ގުޅިގެން މަޝްވަރާކުރެވި ހިޔާލު ބަދަލުކުރެވިފައިވެއެވެ.
ގުޅުންހުރި ލިންކްތައް
ބައްދަލުވުމުގެ އެޖެންޑާބައްދަލުވުމުގެ ނިންމުންތައްގުޅުންހުރި ހަރަކާތްތައް
އައު ލާމަރުކަޒީ ގާނޫނަށް ފަހިކޮށް ކައުންސިލް ހިންގާ ގަވާއިދު ފާސްކުރުންއިދާރާތަކާ ހިދުމަތް ޑިޖިޓަލްކޮށް ހަލުވިކުރުން