ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހަކު ބޭނުންވެއްޖެ
ވަޒީފާ
ޝާއިރުކުރީ
26 ޖޫން 2022
ސުންގަޑި
07 ޖުލައި 2022
ސެކްރެޓަރީ ޖެނެރަލް
- ބޭނުންވާ އަދަދު: 1
- މަގާމުގެ ގިންތި: ދާއިމީ (މަގާމަށް މުވައްޒަފު އައްޔަން ކުރެވޭނީ 5 އަހަރު ދުވަހުގެ މުއްދަތަށް)
- މަގާމުގެ ރޭންކު: ZV7-2
- މަގާމުގެ ކްލެސިފިކޭޝަން: ސެކްރެޓަރީ ޖެނެރަލް
- ވަޒީފާ އަދާކުރަން ޖެހޭ ތަން: މިލަދުންމަޑުލު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާ، ނ.މަނަދޫ
- މުސާރަ: 12،130/- ރުފިޔާ (މަހަކު)
- އެގްޒެކެޓިވް އެލަވަންސް: 8،870/-ރުފިޔާ (މަހަކު)
މަގާމަށް އެދެންވީގޮތާއި ސުންގަޑި
މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ސިވިލް ސާވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް admin@csc.gov.mv އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިތުރު މައުލޫމާތު
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7207307 އަށެވެ. އީ-މެއިލް ކުރާނީ jobs@csc.gov.mv އަށެވެ. ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ އުސޫލު 2021 (ދެވަނަ އިސްލާހު) އަދި އެ އުސޫލާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި ޕޯސްޓުގެ ހަވާސާއިން ލިބިވަޑައިގަންނަވާނެއެވެ.