2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް

ރިޕޯޓް

ޝާއިރުކުރީ

21 ޖުލައި 2022

ނޫސްބަޔާން

ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތީން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2022 ވަނަ އަހަރުގެ ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލް ރިޕޯރޓް ހުށަހަޅުއްވާފައިވާ، މި އިދާރީ ދާއިރާގެ 9 ރަށު ކައުންސިލުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

1. މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ

2. މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

3. މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ

4. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ

5. މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލްގެ އިދާރާ

6. މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ

7. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ

8. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ

9. މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.