ތަރައްގީ ޕްލޭނަށް އަމަލީ ސިފަ ގެންނަމުންދާ ގޮތުގެ މައުލޫމާތު އާންމުކުރުން

ރިޕޯޓް

ޝާއިރުކުރީ

25 ޖުލައި 2022

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު އާއްމުކުރުމަކީ ރަށު ކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ޤާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގައި ބަޔާން ކޮށްފައިވާގޮތަށް، 2022 ވަނަ އަހަރުގެ މެއި / ޖޫން މަހުގައި މިދެންނެވި މަޢުލޫމާތު އާއްމުކޮށްފައިވާ ކައުންސިލްތަކުން އެ މަޢުލޫމާތު މިކައުންސިލަށް ހިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން، މެއި / ޖޫން މަހުގައި މަޢުލޫމާތު އާއްމުކޮށް އަތޮޅު ކައުންސިލަށް ހުށައަޅާފައިވާ، މި އިދާރީ ދާއިރާގެ 07 ރަށު ކައުންސިލުގެ މަޢުލޫމާތު ތިރީގައިމިވަނީއެވެ.

1. މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ

2. މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ

3. މިލަދުންމަޑުލު ދެކުނުބުރީ މާޅެންދޫ ކައުންސިލްގެ އިދާރާ

4. މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ

5. މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ

6. މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ

7. މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލްގެ އިދާރާ

ދެންނެވުނު ކައުންސިލްތަކުން، އެކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލުން މަރުޙަބާ ދަންނަވަމެވެ. އަދި މިތާރީހްގެ ފަހުންވެސް ކަމާގުޅޭ މަަސައްކަތްކޮށްފައިވާ ކައުންސިލްތަކުން ރިޕޯޓްކުރަމުން ގެންދާ ވަރަކުން މި ސަަފްހާގެ ހަވާސާއަށް އެމައުލޫމާތު އަޕްލޯޑްކުރަމުންދާނެ ކަމުގައި ދަންނަވަމެވެ. އަދި އަތޮޅު ކައުންސިލުގެ ތަރައްގީ ޕްލޭނާއި އެޕްލޭނަށް އަމަލުކުރެވެމުންދާ ހަރަކާތްތައްވެސް، މިކައުންސިލު ވެބަސައިޓްގެ ޒަރީއާއިންނާ، ކައުންސިލްގެ ރަސްމީ ބައްދަލުވުންތައް ލައިވްކޮށްގެންނާއި އަދި ސޯސަލް މީޑިއާ މެދުވެރިކޮށް ލައިވްކޮން ރައްޔިތުންނާ ހިއްސާކުރެވެމުންދާކަން ފާހަގަކުރަމެވެ.