ނޫނު އަތޮޅު ކައުންސިލް އިދާރާގައި އެލްމިނިއަމް ޕާރޓިޝަން އާއި ދޮރުތަކެއް ހަރުކުރަން ބޭނުންވެއްޖެ
އިއުލާން
ޝާއިރުކުރީ
07 އޯގަސްޓް 2022
ނޫނު އަތޮޅު ކައުންސިލް އިދާރާގައި މިއިދާރާއިން ދޭމައުލޫމާތާއި އެއްގޮތައް އެލްމިނިއަމް ޕާރޓިޝަން އާއި ދޮރުތަކެއް އަމިއްލަ ތަކެތީގައި ހަދާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާވަލާއި އެއްގޮތަށް ބީލަން ހުށަހެޅުމުގެ ކަންކަން 8 އޮގަސްޓް 2022 އިން 10 އޮގަސްޓް 2022 އަށް ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑީގައި ބީލަން ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ބީލަމުގައި ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީކުރާ ފޯމް ލިންކަށް ވަދެ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވާ ފަރާތްތަކަށް އީމެއިލް (procurement@noonu.gov.mv ) މެދުވެރިކޮށް ބީލަމާއިގުޅޭ މައުލޫމާތުތައް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 15 އޮގަސްޓް 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި އަތޮޅު ކައުންސިލްގެ އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ.
ގުޅުންހުރި ލިންކްތައް
އިއުލާންބިޑް ރެޖިސްޓްރީ ކުރާ ފޯމްގުޅުންހުރި ހަރަކާތްތައް
ކައުންސިލް އިމާރާތްތައް އަދި އުޅަނދުފަހަރު މޮޑިފައިކޮށް މަރާމާތުކުރުންއިދާރާތަކާ ހިދުމަތް ޑިޖިޓަލްކޮށް ހަލުވިކުރުން