ނޫނު އަތޮޅު ކައުންސިލުގެ 4 ވަނަ ދައުރުގެ 19 ވަނަ އާންމު ބައްދަލުވުން
އިވެންޓް
ނަންބަރު
04/2022/08
ޝާއިރުކުރީ
16 ޖުލައި 2022
بسم الله الرحمن الرحيم
الحمد لله واللصلاة والسلام علي رسول الله وعلي اله وصحبه ومن والاه
ނޫނު އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 20 ވަނަ އާއްމު ބައްދަލުވުމުގެ އެޖެންޑާ
- އެޖެންޑާ ނަންބަރ : 04/2022/08ދ- އޖ
- ތާރީހާ ގަޑި: 21 ޖުލައި 2022 ވާ ބުރާސްފަތި ދުވަހުގެ 12:30 އަށް
- ބައްދަލުވުން ބާއްވާ ތަން : މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް / އޮންލައިންކޮން
- ބައްދަލުވުމުގެ ޙާޟިރީ: (ބައިވެރިވެ ލެއްވި މެމްބަރުންގެ މަޢުލޫމާތާއި ، ބައިވެނުލައްވާ މެމްބަރުންގެ މަޢުލޫމާތު ބައްދަލުވުމުގައި އިއްވުން.)
- އެޖެންޑާ ފާސްކުރުން: (މިއަދުގެ ބައްދަލުވުމަށް ހުށަހެޅިފައިވާ އެޖެންޑާ ފާސްކުރަން ފެނޭތޯ ވޯޓަށް އެހުން)
- ކައުންސިލަށް ހުށަހަޅާ ކަންތައް.
- 1.1 ނޫނު އަތޮޅު ޕްރޮގްރެސިވް ތަރައްގީ ހިންގުމުގެ ގަވާއިދު ހުށަހަޅާ ފާސްކުރުން.
- 1.2 ނޫނު އަތޮޅު ކައުންސިލްގެ އުޅަނދު ފަހަރާ ވެހިކަލް ބޭނުންކޮށް ދޫކުރާނެގޮތުގެ ގަވާއިދުހުށަހެޅުން.
- 1.3 ނޫނު އަތޮޅު ކައުންސިލްގެ އަތޮޅުގެ ބޭނުންކޮށް ދޫކުރާނެގޮތުގެ ގަވާއިދު ހުށަހެޅުން.
- 1.4 ނޫނު އަތޮޅު ކައުންސިލް މެމްބަރުންގެ ޗުއްޓީ ޕްލޭން ހުށަހެޅުން.
- ކައުންސިލަށް ހުށަހަޅާފައިވާ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމާ ނިންމުމަށް ވޯޓަށްއެހުމާއި ނިންމިގޮތް ފާސްކުރުން.
- ބައްދަލުވުން ނިންމުން.
ކައުންސިލްގެ ޔޫޓިއުބް އަދި ފޭސްބުކު ޗެނަލުތަކުން ބައްދަލުވުމުގެ ރެކޯޑިންގ ބެލޭނެއެވެ. އަދި ބައްދަލުވުމުގެ ނިންމުންތަކާ ޔައުމިއްޔާ މިސަފްހާގެ ހަވާސާއިން ފެނިވަޑައިގަންނަވާނެއެވެ.
ނިންމުންތައް:
- ނޫނު އަތޮޅުގެ ޕްރޮގްރެސިވް ތަރައްގީ ހިންގުމުގެ ގަވާއިދު ހުށަހަަޅައި، މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް މެެމްބަރުންގެ މެދުގައި މަޝްވަރާކުރެވި، އިސްލާހު ހުށަހަޅައި، އިސްލާހުތަކާއެކު ގަވާއިދު ފާސްކުރެވުނެވެ.
- ނޫނު އަތޮޅުކައުންސިލްގެ އުޅަނދުފަހަރާއި ވެހިކަލް ބެލެހެއްޓުމާއި، ބޭނުންކޮށް ދޫކުރާނެގޮތުގެ ގަވާއިދު ހުށަަހަަޅައި، މަޝްވަރާކުރެވި، އިސްލާޙުތައް ހުށަހެޅުނެވެ. ހުށަހެޅުނު އިސްލާހުތަކާއެކު ގަވާއިދު ފާސްކުރެވުނެވެ.
- ނޫނު އަތޮޅުގެ ބޭނުންކޮށް ދޫކުރާނެގޮތުގެ ގަވާއިދު ހުށަހަޅައި، އެ ގަވާއިދު ތަފްސީލްކޮށްދެވުނެވެ. އަދި ގަވާއިދަށް މަޝްވަރާކުރެވި، ގަވާއިދަށް އިސްލާހު ހުށަހެޅުނެެވެ. ހުށަހެޅުނު އިސްލާހަކީ، އަތޮޅުގޭގައި ނުވަަތަ އަތޮޅު ކައުންސިލްގައި އާންމުކޮށް ބޭނުންކުރެވޭނެ ލޮބީގެ ހިދުމަތް ދޭންވާނެ ކަމަށާއި، އެ ލޮބީގައި އާންމުކޮށް ބޭނުންކުރެވޭނެ ފާހަނައެއް ހުންނަން ޖެހޭނެ ކަމަށް ހިމެނުމެވެ. އަދި ހާލުގައި ޖެހިގެން މަނަދޫއަށް އަންނަ އަތޮޅު އެހެން ރަށްރަށުގެ ރައްޔިތުންނަށް އަތޮޅުގޭގައި މަޑުކޮށްލެވޭނެގޮތެއް ހިމެނެން ވާނެ ކަމަށާއި، އަތޮޅުގެއިން ކޮޓަރި ކުއްޔަށް ދޫކުރުމުގައި އަތޮޅު ކައުންސިލްގެ މެމްބަރުންނަށް އިސްކަން ދިނުމަށް ހިމެނުމަށް ހުށަހެޅުނެވެ. މި ހުށަހެޅުންތަކާއެކު ގަވާއިދު ފާސްކުރެވުނެވެ.
- ނޫނު އަތޮޅު ކައުންސިލް މެމްބަރުންގެ ޗުއްޓީ ޕްލޭން ހުށަހަޅައި، ބައްދަލުވުމުގައި މެމްބަރުން ޗުއްޓީ ނަގާނެ ކަމަށް ވިދާޅުވި ތާރީހުތަކަށް ބަލައި ޗުއްޓީ ޕްލޭން ފާސްކުރެވުނެވެ.
- ފާސްކޮށްފައިވާ އަތޮޅު ކައުންސިލްގެ ބަޖެޓުގައި ގާނޫނީ ކޮންސަލްޓެންސީއަށް ކަނޑައެޅިފައިވާ ކޯޑުން ފައިސާ މަދުވާތީ، އަހަރުގެ ބާކީ އޮތް ދުވަސްތަކަށް އެ ކޯޑަށް އިތުރަށް ފައިސާ ބޭނުންވާތީ މީޑިއާ ދާއިރާއިން ކޮންސަލްޓެންސީ ހޯދުމަށް ބަޖެޓް ކޮށްފައިވާ 75،000 ރ (ހަތްދިހަ ފަސްހާސް) ރުފިޔާ ގާނޫނީ ކޮންސަލްޓެންސީ ކޯޑަށް ބަދަލުކުރުމަށް ހުށަހެޅުނެވެ. މީޑިއާ ދާއިރާގެ ކޮންސަލްޓެންސީއަށް ބަޖެޓް ކޮށްފައިވާ ފައިސާ ގާނޫނީ ކޮންސަލްޓެންސީއަށް ބަދަލުކުރަން ނިންމާފައިވަނީ މީޑިއާ ދާއިރާއިން ފްރީ ކޮންސަލްޓެންސީ ދިނުމަށް ބަޔަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވިފައިވާތީ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު މީޑިއާއަށް މުވައްޒަފެއް ނެގިފައިވާތީއާއި، އާ އޮނިގަނޑުގައި އެ ދާއިރާއަށް އިތުރު ދެ މުވައްޒަފެއް ނަގަން ނިންމާފައިވާތީ އާއި، އެ ދާއިރާއަށް އިތުރަށް ކޮންސަލްޓެންސީ ބޭނުން ނުވާނެކަމަށް ކަނޑައަޅައި، ފާސްކުރެވުނެވެ.