ދެމެހެއްޓެނިވި ތަރައްޤީގެ ޓީމް
sustainability@noonunaturally.comދެމެހެއްޓެނިވި ތަރައްޤީގެ ޓީމަކީ ނ. އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް މިހާރުގެ ޖީލުގެ ބޭނުންތައް ފުއްދައިދިނުމުގައި، އަންނަން އޮތް ޖީލުތަކުގެ ބޭނުންތައް ފުއްދުމަށް ހުރަސް ނޭޅޭނެ ގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ޓީމެކެވެ. މި ޓީމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގުދުރަތީ ވަސީލަތްތައް ވަޒަންކޮށް ބެލެހެއްޓުމާއި، ރަށްރަށުގެ މުޖުތަމަޢުތަކުން އިސްނަގައިގެން ހިންގާ މަޝްރޫޢުތަކަށް އެހީތެރިވެ ބާރުވެރިކުރުވުމާއި، ދެމެހެއްޓެނިވި ފައިނޭންސިންގ އަށް ފުރުސަތުތައް ހޯދުމާއި، އަދި އަތޮޅު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ނ. އަތޮޅުގެ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެހެން ކުރިއަށް ގެންދިއުން ހިމެނެއެވެ.
ޓީމު މެންބަރުން

އަޙްމަދު މާޒިން އެސިސްޓެންޓް އެޑްމިން އޮފިސަރ
ޢަބްދުﷲ ޙަމީދު
ކައުންސިލް އެގްޒެކެޓިވް
އަޙްމަދު ނަސީމް ކައުންސިލް އޮފިސަރެއް
ނަސްރީނާ ޙަސަން ކައުންސިލް އޮފިސަރެއް
ޝައުފާ އަބޫބަކުރު އެޑްމިނިސްޓްރޭޓިވް އޮފިސަރ
އަބްދުލް މުހައިމިން
ކައުންސިލް އޮފިސަރ