ސިވިލް ސަރވިސް ފީޑްބެކް ފޯމު
ޚިދުމަތް ދިނުމުގެ ފެންވަރާއި، މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި، އަދި ޚިދުމަތް ހޯދާ ފަރާތްތަކުގެ ތަޖުރިބާ ވަޒަންކުރުމަށްޓަކައި ފީޑްބެކް ފޯމެއް ވަނީ ތަޢާރަފުކުރެވިފައެވެ. މި އިސްނެގުމުގެ މަޤްޞަދަކީ މުހިންމު މަޢުލޫމާތު އެއްކޮށް، އިޞްލާޙުކުރަންޖެހޭ ކަންކަން ދެނެގަނެ، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ.
ނޫނު އަތޮޅު ކައިންސިލް
އަތްމަތީ ފޮތްތައް

އަމިއްލަ އިސްނެގުމުގެ މަތިން ހުށަހަޅާ ޕްރޮޕޯސަލްތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް ސިޔާސަތު
އަމިއްލަ އިސްނެގުމުގެ މަތިން ހުށަހަޅާ ޕްރޮޕޯސަލްތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް ސިޔާސަތަކީ، އަމިއްލަ ފަރުދުން ނުވަތަ ޖަމާއަތްތަކުން ސަރުކާރާ ގުޅިގެން މަޝްރޫއުތައް ހިންގުމަށް ހުށަހެޅޭނެ ގޮތްތައް ބަޔާންކޮށްދޭ ސިޔާސަތެކެވެ. މި ސިޔާސަތުގެ ސަބަބުން މި މަސައްކަތްތަކަކީ އިންސާފުވެރި، ދެފުށް ފެންނަ، އަދި ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި ކުރިއަށްދާ ކަންކަންކަން ކަށަވަރުކޮށްދެއެވެ.
ނޫނު އަތޮޅު ކުންފުނި އޮފީސް
ގަވާއިދުތައް

ޖަމްޢިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުޞޫލު
މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން، ޖަމްޢިއްޔާތަކަށް ދެފުށް ފެންނަ އަދި ޒިންމާދާރު ގޮތެއްގައި މާލީ، ފަންނީ އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫޙު އާލާކޮށް މުޖުތަމަޢުގެ ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި އުޞޫލެއް ފާސްކޮށްފިއެވެ.
ނޫނު އަތޮޅު ކައިންސިލް
ގަވާއިދުތައް

ދިވެހިރާއްޖޭގައި ރައްކާތެރި ބޯހިޔާވަހިކަން ބިނާކުރުމާ ގުޅޭ އިރުޝާދު
ރައްކާތެރި އަދި ދެމެހެއްޓެނިވި ގެދޮރާއި މުޖުތަމައުތައް ބިނާކުރުމަށް އެހީތެރިވެދޭ "ރެސިލިއަންޓް ހައުސިންގ ގައިޑެންސް" އިރުޝާދު ފޮތް ހިއްސާކުރަމެވެ. 🏡 ތިޔައީ އަމިއްލަ ފަރުދެއް ކަމުގައި ވިޔަސް، އިމާރާތްކުރާ ފަރާތެއް ކަމުގައި ވިޔަސް ނުވަތަ ކައުންސިލެއް ކަމުގައި ވިޔަސް، މި ފޮތުގައި ރައްކާތެރިކަމުގެ މާނައާއި، އައު އީޖާދީ ފަރުމާތައް ބޭނުންކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިމެނިފައިވާނެއެވެ. އަންނާން އޮތް ޖީލުތަކަށް ރައްކާތެރި މުސްތަގުބަލެއް ބިނާކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށެވެ! #ResilientCommunities
ނޫނު އަތޮޅު ކައުންސިލް އިދާރާ
އުސޫލުތައް

ނ. އަތޮޅުގެ އާބާދީގެ ތަފާސްހިސާބު
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ނޫނު އަތޮޅުގެ ރަޖިސްޓްރީ ކުރެވިފައިވާ އާބާދީއަކީ 16,493 އެވެ. އަދި އެ އަތޮޅުގައި ދިރިއުޅޭ އާބާދީއަކީ 16,637 އެވެ. މީގެ ތެރޭގައި އަންހެނުންގެ ނިސްބަތް އިތުރުކަން ފާހަގަކުރެވެއެވެ. މި ތަފާސްހިސާބުތަކުގައި ރަށްރަށަށް ބެހިފައިވާ ގޮތާއި، ކައިވެނީގެ ހާލަތާއި، އުމުރުފުރާގެ އިތުރުން، ދިރިއުޅޭ މީހުން ނިސްބަތްވާ ރަށްރަށުގެ ތަފްސީލު ހިމެނެއެވެ.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް

ނ. އަތޮޅުގެ ތަޢުލީމީ ވަނަވަރު
ނ. އަތޮޅުގެ 2022 ވަނަ އަހަރުގެ ތަޢުލީމީ ހޯދުންތަކުން ދައްކާގޮތުގައި ރަސްމީ ތަޢުލީމު ޙާޞިލުކުރާ މިންވަރު ވަރަށް މަތި (95.87%). އެންމެ ގިނައިން ޙާޞިލުކޮށްފައިވަނީ ސާނަވީ ތަޢުލީމު. މާދަރީ ބަހުގެ ލިޔަންކިޔަން ދަންނަ މިންވަރަކީ 98.23%، އިނގިރޭސި ބަހުގެ ލިޔަންކިޔަން ދަންނަ މިންވަރަކީ 20.11%. މި ތަފާސްހިސާބުތައް ވަނީ ޖިންސާއި އުމުރުފުރާއަށް ބަހާލެވިފައި.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް

މަސައްކަތްތެރި ބާރު
މި އިންޓަރެކްޓިވް ޑޭޝްބޯޑަކީ ނޫނު އަތޮޅުގެ މަސައްކަތްތެރި ބާރުގެ ތަފާސްހިސާބުތައް ތަފްސީލީ ގޮތެއްގައި ފެންނާނެހެން ފަރުމާކުރެވިފައިވާ ވަސީލަތެކެވެ. މީގެ ސަބަބުން، ނިންމުންތައް ނިންމަވާ ފަރާތްތަކަށާއި، ކަމާގުޅޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް