
ނ. އަތޮޅުގެ އާބާދީގެ ތަފާސްހިސާބު
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ނޫނު އަތޮޅުގެ ރަޖިސްޓްރީ ކުރެވިފައިވާ އާބާދީއަކީ 16,493 އެވެ. އަދި އެ އަތޮޅުގައި ދިރިއުޅޭ އާބާދީއަކީ 16,637 އެވެ. މީގެ ތެރޭގައި އަންހެނުންގެ ނިސްބަތް އިތުރުކަން ފާހަގަކުރެވެއެވެ. މި ތަފާސްހިސާބުތަކުގައި ރަށްރަށަށް ބެހިފައިވާ ގޮތާއި، ކައިވެނީގެ ހާލަތާއި، އުމުރުފުރާގެ އިތުރުން، ދިރިއުޅޭ މީހުން ނިސްބަތްވާ ރަށްރަށުގެ ތަފްސީލު ހިމެނެއެވެ.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް

ނ. އަތޮޅުގެ ތަޢުލީމީ ވަނަވަރު
ނ. އަތޮޅުގެ 2022 ވަނަ އަހަރުގެ ތަޢުލީމީ ހޯދުންތަކުން ދައްކާގޮތުގައި ރަސްމީ ތަޢުލީމު ޙާޞިލުކުރާ މިންވަރު ވަރަށް މަތި (95.87%). އެންމެ ގިނައިން ޙާޞިލުކޮށްފައިވަނީ ސާނަވީ ތަޢުލީމު. މާދަރީ ބަހުގެ ލިޔަންކިޔަން ދަންނަ މިންވަރަކީ 98.23%، އިނގިރޭސި ބަހުގެ ލިޔަންކިޔަން ދަންނަ މިންވަރަކީ 20.11%. މި ތަފާސްހިސާބުތައް ވަނީ ޖިންސާއި އުމުރުފުރާއަށް ބަހާލެވިފައި.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް

މަސައްކަތްތެރި ބާރު
މި އިންޓަރެކްޓިވް ޑޭޝްބޯޑަކީ ނޫނު އަތޮޅުގެ މަސައްކަތްތެރި ބާރުގެ ތަފާސްހިސާބުތައް ތަފްސީލީ ގޮތެއްގައި ފެންނާނެހެން ފަރުމާކުރެވިފައިވާ ވަސީލަތެކެވެ. މީގެ ސަބަބުން، ނިންމުންތައް ނިންމަވާ ފަރާތްތަކަށާއި، ކަމާގުޅޭ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ބޭނުންތެރި މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.
ނޫނު އަތޮޅު ކައުންސިލް އިދާރާ
ރިޕޯޓުތައް