ނޫނު ނެޗުރަލީ > މަގު ޗާޓު > ތަރައްޤީގެ މަޝްރޫޢުތައްCitizen Centric Governance (PC-002)

އޭއައި، ކޮޕައިލެޓް އަދި އޮޓޮމޭޝަން ޤާބިލިއްޔަތުތައް ބޭނުންކުރުން

އާންމު ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އާންމު މަސައްކަތްތައް ހަލުވިކޮށް، އަތުން ކުރަންޖެހޭ މަސައްކަތް މަދުކޮށް، އަދި ސައްޙަކަން އިތުރުކުރުމަށް އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ވަސީލަތްތަކާއި އޮޓޮމޭޝަން ބޭނުންކުރުން. މުވައްޒަފުންނަށް ވަގުތުން ލަފާ ދިނުމަށް މައިކްރޯސޮފްޓް ކޮޕައިލެޓް ޙައްލުތައް ތަންފީޒުކޮށް، ނިންމުންތައް ނިންމުމުގެ ސްޕީޑާއި ފެންވަރު ރަނގަޅުކުރުން. ޚިދުމަތަށް އެދޭ ފަރާތްތަކަށް އަވަސް އަދި ހަރުދަނާ ޖަވާބު ދިނުމަށްޓަކައި ޚިދުމަތަށް އެދުމުގެ ނިޒާމު ފަދަ ހިންގުމުގެ ކަންތައްތައް ރަނގަޅުކުރުމަށް އޮޓޮމޭޝަނަށް އިސްކަންދިނުން. ދެމެހެއްޓެނިވި އާދަތަކުގައި މުޖުތަމަޢު ބައިވެރިކުރުމަށް ޖިއޯ-ގޭމިންގ އަދި ބިމުގެ ވަސީލަތްތައް ބެލެހެއްޓުން އައު ގޮތްތަކަށް ބޭނުންކޮށް، ބިން ބޭނުންކުރުމުގެ ސިމިއުލޭޝަންތައް ހިމެނޭގޮތަށް، ވަސީލަތްތައް ހަރުދަނާކޮށް ބެލެހެއްޓުމާއި ތިމާވެށި ރައްކާތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުން. ގިނަ މަސައްކަތް ހިމެނޭ ކަންތައްތައް އޮޓޮމޭޓްކޮށް، ސައްޙަކަން ކަށަވަރުކޮށް، އައު ގޮތްތައް ތަޢާރަފުކުރުމަށް މެޝިންތަކާއި ރޮބޮޓިކްސް ޙައްލުތައް ބެލެހެއްޓުން ހަރުދަނާކުރުން. މީގެ އިތުރުން، ގިނަ ބަސްތަކުގައި ބޭނުންކުރެވޭ ގޮތަށް ހެދުމާއި ޔުނިވަރސަލް ޑިޒައިން އުސޫލުތަކަށް ތަބާވެ، ޑިޖިޓަލް ވަސީލަތްތަކާއި ޚިދުމަތްތަކަށް ހަމަހަމަ ގޮތެއްގައި ވާސިލުވެވޭކަން ކަށަވަރުކޮށް، ޑިޖިޓަލް ވަސީލަތްތަކަށް ފަސޭހައިން ވާސިލުވެވޭކަން ޔަޤީންކުރުން.
ފެށޭ ތާރީޚް:
ފެށޭ ތާރީޚް:
0
Share

100%

Completed

Chronology

1

އިދާރީ ބޭނުމަށް ދިވެހި އޭ.އައި

2

އާންމު ޚިދުމަތްތައް އޮޓޮމޭޓްކުރުން

އޭ.އައި އަށް ބިނާކޮށް އޮޓޮމޭޓްކުރުމުގެ ތެރެއިން ފޯމު ޕްރޮސެސްކުރުމާއި، އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި، ޝަކުވާ ބެލެހެއްޓުން ފަދަ ތަކުރާރުކޮށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ބަލަހައްޓައި، އިންސާނީ ވަސީލަތްތައް އިތުރަށް ބޭނުންކުރެވޭނީ އުނދަގޫ ޒިންމާތަކަށެވެ. އޮޓޮމޭޝަނުން އަތުން ކުރާ މަސައްކަތުގެ ސަބަބުން ލަސްވުން ނައްތާލައި، އަވަސް ޚިދުމަތެއް ކަށަވަރުކޮށްދެއެވެ.
3

ބިމުގެ ވަސީލަތްތައް ބެލެހެއްޓުމަށް ޖިއޯ-ގޭމިންގ އާ ގުޅުވުން

ޖިއޯ-ގޭމިންގ އަކީ ބިން ބެލެހެއްޓުމުގެ ކަންކަމުގައި ރައްޔިތުން ބައިވެރިކުރުވުމަށް ކުޅިވަރުގެ އުސޫލުން ގެންގުޅޭ އިންޓަރެކްޓިވް ގޮތެކެވެ. ޖިއޯ-ޓެގްކޮށްފައިވާ ޗެލެންޖްތަކުގައި ބައިވެރިވުމުގެ ތެރެއިން، ރައްޔިތުން ސަރުކާރަށް ބޭނުންތެރި މަޢުލޫމާތު ހިއްސާކުރެއެވެ. މިއީ ވަސީލަތްތައް ރާވައި ބެލެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އަދި މީގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ ހޭލުންތެރިކަމާއި ބައިވެރިވުން އިތުރުވެގެންދެއެވެ.
4

އޭއައި އެހީގައި ހިންގޭ ޗެޓްބޮޓްތަކުން 24 ގަޑިއިރު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީ، ސުވާލުތަކަށް ޖަވާބުދީ، އިޖުރާއާތުތަކުގައި މަގުދައްކައިދީ، އަދި މުހިންމު މަޢުލޫމާތު ވަގުތުން ފޯރުކޮށްދެއެވެ. ވާރޗުއަލް އެސިސްޓެންޓުންނަށް އެޕޮއިންޓްމަންޓްތައް ބެލެހެއްޓުމާއި ޚިދުމަތަށް އެދުމުގެ ރިކުއެސްޓްތައް ފެށުމުގެ އިތުރުން، މެދުނުކެނޑި އެހީތެރިކަން ފޯރުކޮށްދެވެއެވެ.

5

މެޝިންތަކާއި ރޮބޮޓިކްސް ޙައްލުތައް މެނޭޖްކުރުމުގެ ޤާބިލުކަން

ރޮބޮޓިކްސްއާއި އައި.އޯ.ޓީ އަށް ބިނާކޮށްފައިވާ ނިޒާމުތައް އެއްކޮށްލުމުން، ސްމާޓް ކުނި މެނޭޖްކުރުން ނުވަތަ އަމިއްލަ މަރާމާތުކުރުން ފަދަ އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން ހަރުދަނާވެއެވެ. ރޮބޮޓިކް ނިޒާމުތައް އޭ.އައި މެދުވެރިކޮށް މޮނިޓަރކުރުމުން، މަސައްކަތް ހުއްޓޭ ވަގުތާއި ހިންގުމުގެ ޚަރަދުތައް ކުޑަކުރެވޭ ގޮތަށް މައްސަލަތައް ދިމާވުމުގެ ކުރިން ދެނެގަނެވެއެވެ. މި ޓެކްނޮލޮޖީތަކުން އިންފްރާސްޓްރަކްޗަރ މޮނިޓަރކުރުން އޮޓޮމޭޓްކޮށް، ވަސީލަތްތައް ރަނގަޅަށް މެނޭޖްކުރުމަށް ރިއަލްޓައިމް މަޢުލޫމާތު ފޯރުކޮށްދެއެވެ.
6

ޕްރޯއެކްޓިވް ގަވަރނަންސްއަށް ޕްރިޑިކްޓިވް އެނަލިޓިކްސް

އޭ.އައި އިން އިސްވެދިޔަ އަދި ރިއަލްޓައިމް ޑޭޓާ އެނަލައިޒްކޮށް ޓްރެންޑްތައް ދެނެގަނެ، ސަރުކާރަށް ރައްޔިތުންގެ ބޭނުންތަކާއި ދިމާވެދާނެ މައްސަލަތައް އަންދާޒާކުރެވެއެވެ. މިސާލަކަށް، ޕްރިޑިކްޓިވް އެނަލިޓިކްސްއިން ޚިދުމަތްތަކަށް ހުރި ޑިމާންޑް ލަފާކުރުމާއި، ތަކުރާރުވަމުންދާ މައްސަލަތައް ހުއްޓުވުމަށް ރައްޔިތުންގެ ޝަކުވާތަކުގެ ޕެޓަރންތައް ދެނެގަނެވެއެވެ.
7

<div>އެކި ބަސްތައް ވާހަކަދައްކާ ރައްޔިތުންނަށް ޚިދުމަތްތައް ލިބޭނެގޮތް ހެދުމަށްޓަކައި، ގިނަ ބަސްތަކަށް ތަރުޖަމާކުރެވޭގޮތަށް ޚިދުމަތްތައް ތަރައްޤީކުރެވިފައިވެއެވެ. ސްކްރީން ރީޑަރުތަކާއި، ކެޕްޝަންތަކާއި، ކޮންޓްރާސްޓް މަތި އިންޓަރފޭސްތައް ބޭނުންކޮށްގެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭގޮތަށް އެންމެންނަށް ވާސިލުވެވޭގޮތަށް ޔުނިވަރސަލް ޑިޒައިން އުސޫލުތަކުގެ މަތިން ޕްލެޓްފޯމްތައް ފަރުމާކުރެވިފައިވެއެވެ.<br></div>

8

އޮޓޮމޭޓެޑް މޮނިޓަރިންގ އަދި އިންސިޑެންޓް ރެސްޕޮންސް

އޮޓޮމޭޝަންގެ ސަބަބުން އިންފްރާސްޓްރަކްޗަރ އަދި ޚިދުމަތުގެ ނިޒާމުތައް (މިސާލަކަށް ޔުޓިލިޓީތައް ނުވަތަ އާންމު ސަލާމަތީ ނެޓްވޯކްތައް) މެދުނުކެނޑި މޮނިޓަރކުރެވެއެވެ. އަދި ހަމައެއާއެކު، ރިއަލްޓައިމް އިންޒާރުތަކާއި ކުރިން ކަނޑައެޅިފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޚިދުމަތް މެދުކެނޑޭ ވަގުތު މަދުކޮށް، އަވަހަށް މައްސަލަތައް ދެނެގަނެ އެކަންކަމަށް ރިސްޕޮންޑްކުރުމަށް އެހީތެރިވެދެއެވެ.
9

ސަރވިސް މެނޭޖްމަންޓަށް ވޯކްފްލޯ އޮޓޮމޭޝަން

އޭ.އައި މެދުވެރިކޮށް އެޕްރޫވަލްތަކާއި، ނޯޓިފިކޭޝަންތަކާއި، ސްޓޭޓަސް އަޕްޑޭޓްތައް ހަލުވިކޮށް، އިންޓަރނަލް ވޯކްފްލޯތައް އޮޓޮމޭޓް ކުރެވެއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ އިދާރާތަކުގައި ޚިދުމަތަށް އެދޭ ރިކުއެސްޓްތައް ހަލުވިކަމާއެކު ކުރިއަށްދާނެކަން ކަށަވަރުވެ، ލަސްވުންތައް މަދުވެ، ހާމަކަން އިތުރުވެގެންދެއެވެ.

Polls & Discussions

އޭއައި، ކޮޕައިލެޓް އަދި އޮޓޮމޭޝަން ޤާބިލިއްޔަތުތައް ބޭނުންކުރުން
އާންމު ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އާންމު މަސައްކަތްތައް ހަލުވިކޮށް، އަތުން ކުރަންޖެހޭ މަސައްކަތް މަދުކޮށް، އަދި ސައްޙަކަން އިތުރުކުރުމަށް އޭއައި ބޭނުންކޮށްގެން މަސައްކަތްކުރާ ވަސީލަތްތަކާއި އޮޓޮމޭޝަން ބޭނުންކުރުން. މުވައްޒަފުންނަށް ވަގުތުން ލަފާ ދިނުމަށް މައިކްރޯސޮފްޓް ކޮޕައިލެޓް ޙައްލުތައް ތަންފީޒުކޮށް، ނިންމުންތައް ނިންމުމުގެ ސްޕީޑާއި ފެންވަރު ރަނގަޅުކުރުން. ޚިދުމަތަށް އެދޭ ފަރާތްތަކަށް އަވަސް އަދި ހަރުދަނާ ޖަވާބު ދިނުމަށްޓަކައި ޚިދުމަތަށް އެދުމުގެ ނިޒާމު ފަދަ ހިންގުމުގެ ކަންތައްތައް ރަނގަޅުކުރުމަށް އޮޓޮމޭޝަނަށް އިސްކަންދިނުން. ދެމެހެއްޓެނިވި އާދަތަކުގައި މުޖުތަމަޢު ބައިވެރިކުރުމަށް ޖިއޯ-ގޭމިންގ އަދި ބިމުގެ ވަސީލަތްތައް ބެލެހެއްޓުން އައު ގޮތްތަކަށް ބޭނުންކޮށް، ބިން ބޭނުންކުރުމުގެ ސިމިއުލޭޝަންތައް ހިމެނޭގޮތަށް، ވަސީލަތްތައް ހަރުދަނާކޮށް ބެލެހެއްޓުމާއި ތިމާވެށި ރައްކާތެރިކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުން. ގިނަ މަސައްކަތް ހިމެނޭ ކަންތައްތައް އޮޓޮމޭޓްކޮށް، ސައްޙަކަން ކަށަވަރުކޮށް، އައު ގޮތްތައް ތަޢާރަފުކުރުމަށް މެޝިންތަކާއި ރޮބޮޓިކްސް ޙައްލުތައް ބެލެހެއްޓުން ހަރުދަނާކުރުން. މީގެ އިތުރުން، ގިނަ ބަސްތަކުގައި ބޭނުންކުރެވޭ ގޮތަށް ހެދުމާއި ޔުނިވަރސަލް ޑިޒައިން އުސޫލުތަކަށް ތަބާވެ، ޑިޖިޓަލް ވަސީލަތްތަކާއި ޚިދުމަތްތަކަށް ހަމަހަމަ ގޮތެއްގައި ވާސިލުވެވޭކަން ކަށަވަރުކޮށް، ޑިޖިޓަލް ވަސީލަތްތަކަށް ފަސޭހައިން ވާސިލުވެވޭކަން ޔަޤީންކުރުން.
0
View all comments

Comment as :

Comments are moderated and will be publicly visible after approval by our moderators.
Please keep your comments respectful and use appropriate language. Thank you.

See All

މަސައްކަތް

މި ކުރިއެރުންތަކަކީ ހުރިހާ އަޕްޑޭޓްތަކެއް: އޭއައި، ކޮޕައިލެޓް އަދި އޮޓޮމޭޝަން ޤާބިލިއްޔަތުތައް ބޭނުންކުރުން ގެ ޢަމަލީ މަސައްކަތްތަކެވެ. ކައުންސިލުން ތަރައްޤީގެ ޕްލޭންތައް އެއްކުރުމުގައި ކުރިއަށްދާ މިންވަރު ދެނެގަންނަވާށެވެ.

View All Progress